ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަކީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ވެދިން އެހީތެރިކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ރައީސް ބައިޑަން ވިދާޅުވީ ފަލަސްތީނުގެ އިސްލާމީ ޖަމާއަތެއް ކަމަށްވާ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަކީ އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ހަނގުރާމަ ހުއްޓާލުމަށް ވެދިން އެހީތެރި ކަމެއް ނޫން ކަމަށެވެ. ބައިޑެން ވިދާޅުވީ ހަނިއްޔާ އަވަހާރަކޮށްލި މައްސަލައިގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ސީދާ ވާހަކަ ދައްކަވާފައިވާކަމަށެވެ.
އީރާނުގައި ހަނިއްޔާ އަވަހާރަކޮށްލުމުން އިސްރާއީލާ ދެކޮޅަށް ބަދަލު ހިފުމުގެ އިންޒާރުތައް ލިބުމުން މެދުއިރުމަތީގައި ހަނގުރާމައަކަށް ދިއުމުގެ ނުރައްކާ ވަނީ އިތުރުވެފަ އެވެ. އަދި އިސްރާއީލުން ހިސޯރުކޮށްފައިވާ ޣައްޒާގައި ހާސްވެފައިވާ ރައްޔިތުން މިހާރު ކުރިޔަށް ވުރެ ބޮޑަށް ވަނީ ހިތް ނުތަނަވަސް ވެފައެވެ.
ބުދަ ދުވަހު ހަނިއްޔާ އަވަހާރަކޮށްލުމުން އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ ދިގުދެމިގެންދާނެކަމުގެ ބިރުވެރިކަން ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި އޮތީ އުފެދިފަ އެވެ.
އީރާނުން ބުނީ ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ އެގައުމުގެ އާ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައިގެންނެވިތާ ގަޑިއެއްހާއިރު ފަހުން ކަމަށެވެ. އަދި ހަނިއްޔާ އަވަހާރަ ކޮށްލި މައްސަލައިގައި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް އެގައުމުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު