ކުރީ ސަރުކާރުގެ ބޮލަށް ކަނޑާލައިގެން ޕާކިންގ މައްސަލައަށް ޙައްލެއް ނުލިބޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީގެ ނާއިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސައިރިކްސް ޝަރީފް މިމޭރުމުން ވިދާޅުވީ މާލޭގެ ވެހިކަލް ޕާކް ކުރުމުގެ މައްސަލަ ބޮޑުވެފައިވަނީ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނެތުމުންކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވުމާ ގުޅިގެންނެވެ.
ވަޒީރު އަމީން ވިދާޅުވެފައިވަނީ ނެތް ގަރާޖެއް ހުރިިކަަމަށް ދައްކައިގެން ކެޕޭސިޓީއަށްވުރެ ގިނައިން ސިޓީ އުފައްދަމުން ވެހިކަލް ރެޖިސްޓްރީ ކުރުމަކީ މީގެ ކުރިން ބަޔަކު ފުޅާދާއިރާއެއްގައި ކުރަމުން އައި ވިޔަފާރިއެއް ކަމަށާއި މިހާރު އެކަމަށް ޖާގަ ނުލިބޭނެ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅާ ގުޅިގެން ޝަރީފް ވިދާޅުވީ ގަރާޖަކީ ސިޓީއަކުން އެކަނި ރަޖިސްޓްރީ ކުރެވޭގޮތަށް އޮންނަ ކަމެއްނޫން ކަމަށެވެ. އަދި ސަރުކާރުގެ ޒިންމާއަކީ ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ ގޮތެއް ދެއްކުން ކަމަށާއި އަދި ޕާކް ކުރެވޭނެ ގޮތެއްވެސް ދެއްކެވުން ކަމަށެވެ.
“ގަރާޖު ރަޖިސްޓްރީކުރީ ސިޓީ ކައުންސިލުން. އެތަނުން ގަރާޖުސިޓީ ޓްރާންޕޯޓަށް އިޝޫކުރީ. އެހެންކަމުން އެކަން ކުރިބަޔަކު ހޯދައި އެކަންބަލާ އެއީ ވަކިކަމެއް. މިހާރު ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ ގޮތެއް ދައްކަންޖެހޭނެ. އަދި ޕާކު ކުރެވޭނެ ގޮތެއްވެސް ދައްކަންޖެހޭ. ނުވަތަ ޕާކިން ހަދަން ބިންތަށް ދޫކުރޭ. އެއީ ސަރުކާރުގެ ޒިންމާއެއް.” ޝަރީފް ވިދާޅުވިއެވެ.
ހަމައެއާއެކު ކުރީ ސަރުކާރުގެ ބޮލަށް ކަންކަން ކަނޑާލައިގެން މައްސަލަތަކުން ނުރެކެވޭނެ ކަމަށާއި ވަޒީރުންގެ ގޮތުގައި މަޤާމުތަކުގައި ތިއްބަވާނަމަ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަންޖެހޭނެ ކަމަށް ވިދާޅުވެ ޝަރީފް ވަނީ މަޤާމުގެ މަސްއޫލިއްޔަތު އުފުއްލެވުމަށް ސަރުކާރުގެ ވެރިންނަށް ގޮވާލައްވާފައެވެ.
“މިމީހުން ސަރުކާރު ގޮނޑިތަކުގައި އިށީދެ، ޓެކުސް ޕޭޔާސް ފައިސާއިން މުސާރަ އާއި އިނާޔަތް، ކާރާއި ސެކިއުރިޓީ ލިބިގެން ތިޔަ ތިބީ ކަންކަން ރަނގަޅުކުރަން. ކުރީ ސަރުކާރު ބޮލަށް ކަނޑާލައި ކަންކަމުން ރެކޭކަށެއްނޫން.” ސައިރިކްސް ޝަރީފް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ޝަރީފް ވަނީ މާލެ އާއި ހުޅުމާލެއިން މީހުން ދިރިއުޅެން ބިންދޫކޮށް، ލަގްޒަރީ ފުލެޓް އަޅައި، 200 މިލިއަން ޑޮލަރުގެ ބުރިޖެއް އަޅައި، އިންޑަސްޓްރިއަލް އޭރިޔާއެއް ހެދިއިރު ކޮންމެ ބުލޮކެއްގައި ޕާކިން އިމާރާތެއް ހަދަން ބިން ދޫކޮށްފައި ނުވާތީ އެކަމާމެދުވެސް ސުވާލު އުފައްދަވާފައެވެ.
“ރަށްރަށުގައި ދިރިއުޅެމުން ދިޔަ އާއިލާތައް ހިޔާފުލެޓަށް އަޅާލުމުގެ ޕްލޭން ހެދިއިރު އެތާގައި ޕާކިން އިމާރާތެއް ނުހެދީ ކީއްވެގެން؟” ޝަރީފްގެ މެސެޖް ނިންމަވާ ލައްވަމުން ވިދާޅުވިއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު މާލޭގައި ގަރާޖުތައް ރެޖިސްޓްރީ ކުރަނީ ސިޓީ ކައުންސިލުންކަމަށާއި ހުޅުމާލޭގައި އެ މަސައްކަތް ކުރަމުން ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަމަށް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު