ރައްކާތެރިކަމަށް ނުފެތޭ ގޮތަށް ރަށްރަށުގައި ހުރި މަގުބައްތިތައް ރައްކާތެރިކަމުގެ މިންގަނޑަށް ފައްތަން 85 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މޭ މަހުގެ ފަހުކޮޅު ރ. އުނގޫފާރުގައި މަގު ބައްތިއަކުން މަގުމަތީގައި ހެދިފައި އޮތް ފެންގަނޑަކަށް ކަރަންޓު ލީކުވެ، ހިނގި ހާދިސާއެއްގައި އެރަށު ޒުވާނަކު ނިޔާވުމާ ގުޅިގެން، ރަށްރަށުގެ މަގު ބައްތިތައް ހުރީ ރައްުކާތެރިކޮށްތޯ ބެލުމަށް ފެނަކައިން ވަނީ އިންސްޕެކްޝަނެއް ހަދާފައެވެ.
އެ އިންސްޕެކްޝަނަށް ފަހު ފެނަކައިން ބުނެފައި ވަނީ، ގިނަ ރަށްރަށުގެ މަގުބައްތިތައް ހުރީ ރައްކާތެރި ގޮތަކަށް ނޫން ކަމަށެވެ.
އެހެންވެ އެ މައްސަލަ ރަނގަޅުކުރަން ދެ ފަހަރެއްގެ މަތިން ވަނީ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.
ނަމަވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ފެނަކައިން ދީފައިވާ މުހުލަތުގައި މައްސަލަ ހައްލު ކުރެވޭނެ ކަމަށް ނުފެންނާތީ ފެނަކައާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެކަމަށް 85 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފެނަކައިން ލަފާކުރާއިރު ފިނޭންސް މިނިސްޓްރީން ފައިސާ ލިބުނަސް އޮތޯރިޓީން ދީފައިވާ މުހުލަތުގައި މަސައްކަތް ނިމޭނެކަމަށް ނުފެންނާތީ އިތުރު މަޝްވަރާއަށް ދާނެ ކަމަށެވެ.
"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަގު ބައްތި ރަނގަޅުކުރަން ޖެހޭ. މިކަމަށް އިތުރު ވަގުތާއި ފައިސާ ބޭނުންވޭ. ރަށު ކައުންސިލްތަކަށް ދިމާވެފައިވާ މި މައްސަލަ ހައްލު ވަންދެން ލޯކަލް ގަވާމަންޓް މިނިސްޓްރީން މި މަސައްކަތް ކުރާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު