ފެނަކައިން ރ. އަތޮޅުގައި ދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.

ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ފެނަކަ އުވާލަން ނިންމިކަން ސަރުކާރުން މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން އޮތީ އިއުލާންކޮށްފައެވެ.

ސްޓެލްކޯއިން މިއަދު ބުނީ ރ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ދިނުމާ އެ ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ހަވާލުވެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

"މިގޮތުން، މި އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ހިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން" ސްޓެލްކޯއިން އިތުރަށް ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު