ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑުވެރިކަމާއި ގުޅޭ އެޑްވާންސް ލެވެލްގެ ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ.

ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ފަށަން ތައްޔާރުވެފައިވަނީ އެޑްވާންސް ސެޓްފިކެޓް އިން ހޯޓިކަލްޗަރގެ ނަމުގައި ފަށާ ކޯހެއް ކަމަށް އެ ޔުނިވާސިޓީ އިން ވަނީ ބުނެފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލާފައެވެ.

ހޯޓިކަލްޗަރއަކީ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި ގުޅޭ ދަނޑުވެރިކަމެވެ. މި ހޯޓިކަލްޗަރ ދަނޑުވެރިކަމުގެ ކޯހަކީ މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެމްއެންކިއުއެފް ލެވެލް 4 ގެ ކޯހެކެވެ.

އެމްއެންޔޫގެ މާލެ، ލ. ގަން އަދި ސ. ހިތަދޫ ކެންޕަސްގައި އޮގަސްޓް އިންޓޭކްގައި މި ކޯސް ފަށާނެއެވެ.

އެއް އަހަރުދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހަކީ ބްލެންޑެޑް މޮޑާލިޓީގެ ދަށުން ކުރިއަށް ގެންދިޔުމަށް ކަނޑައެޅިފައިވާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ރާއްޖޭގައި ދަނޑުވެރިކަމާއި ގުޅޭ ކޯސްތައް ހިންގުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އާއި ދެމެދު އެމްއޯޔޫ އެއްގައި މީގެ ކުރިން ސޮއިކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން