މަރްޔަމް ނަހްދާ ވަޙީދު   9 އޯގަސްޓު 2024 - 0:41
ކަހްފު ސޫރަތް- ގޫގުލް ފޮޓޯސް
ކަހްފު ސޫރަތް- ގޫގުލް ފޮޓޯސް
މިއަދަކީ ހުކުރު ދުވަސް ކަމުން ކޮންމެ މީހަކުވެސް ކަހްފު ސޫރަތް ކިޔެވޭތޯ ބަލަންވާނެއެވެ. ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔެވުމަކީ މަތިވެރިވެގެންވާ ސުންނަތެކެވެ. މިއީ ކުދި ބޮޑު އެންމެންވެސް ކުރުން ވަރަށް މުހިންމު ކަމެކެވެ. އަދި މިއީ ނުކޮށް ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ.

ތިރީގައި މި ހިމަނާލަނީ ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔެވުމުގެ މާތްކަމާ ބެހޭ ބައެއް ދަލީލުތަކެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. (مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ)

މާނަ: "ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ."

އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. (من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق)

މާނަ: "ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ."

މި ދަލީލުތަކުންވެސް ހުކުރުދުވަހު ކަހްފު ސޫރަތް ކިޔެވުމަކީ ކިހާ މާތްވެގެންވާ، އަދި މަތިވެރިވެގެންވާ ކަމެއްކަން އެނގިގެން ދެއެވެ. އަދި ހުކުރު ދުވަހު ކަހުފު ސޫރަތް ކިޔަވާ މީހާއަށް އަލިކަމެއް ލިބިގެންދާކަންވެސް އެނގިގެން ދެއެވެ. އަދި މީގެ އިތުރުން ކަހްފު ސޫރަތުގެ ފުރަތަމަ 10 އާޔަތް ނުވަތަ ފަހު 10 އާޔަތް ހިތުން ދަސްކޮށްފި މީހާ ދައްޖާލުގެ ފިތުނައިން ސަލާމަތް ކުރައްވަވާނެ ކަމަށްވެސް ރަސޫލާގެ ޙަދީޘެއްގައި ބަޔާންވެގެން ވެއެވެ. ވީމާ ކޮންމެ މީހަކުވެސް މި ސޫރަތް ހުކުރު ދުވަހު ކިޔެވޭތޯ ބަލަން ޖެހެއެވެ.

ކަހްފު ސޫރަތް ކިޔެވަން އޮންނަ ވަގުތަކީ ބުރާސްފަތި ދުވަހުގެ އިރު އޮއްސުނީއްސުރެންގޮސް ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ނިޔަލަށެވެ. މި ސޫރަތް އެއްކޮށް ކިޔެވިނަމަވެސް، ނުވަތަ ދުވަހުގެ އެކި ބައިބަޔަށް ބަހައިގެން ކިޔެވި ނަމަވެސް، ހުކުރު ދުވަހުގެ އިރު އޮއްސުމުގެ ކުރިން ކިޔަވާ ނިންމަން ވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން