ހއ. އަތޮޅު ހޮސްޕިޓަލް-- ފޮޓޯ/ރަސް އޮންލައިން
ހއ. އަތޮޅު ހޮސްޕިޓަލް-- ފޮޓޯ/ރަސް އޮންލައިން
ހއ. އަތޮޅުގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް 51 ދިވެހި ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިއީ އެއަތޮޅުގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހީން އެ މަގާމުތަކަށް ހޯދަން ކުރި އިއުލާނެއް ކަމަށެވެ.



ދިވެހި ނަރުހުން ހޯދާ ތަންތަނުގެ ތެރޭހައި ހއ. އަތޮޅު ހޮސްޕިޓަލާއި ހއ. ކެލާ ސިއްހީ މަރުކަޒު ހިމެނެ އެވެ، އެގޮތުން ހއ. އަތޮޅު ހޮސްޕިޓަލަށް 13 ނަރުހުން އަދި ކެލާގެ ސިއްހީ މަރުކަޒަށް އަށް ނަރުހުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

އޭގެ އިތުރުން ހއ.ގެ އެހެން ރަށްރަށް ކަމަށްވާ މުރައިދޫ، ތަކަންދޫ، ތުރާކުނު، އުލިގަމް، މޮޅައިދޫ، ވަށަފަރު، ފިއްލަދޫ ފަދަ ރަށްރަަށަށް ވެސް ދިވެހި ނަރުހުން ބޭނުންވާ ކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

ހޯދަން އިއުލާންކޮށްފައިވަނީ ރޭންކު ފަހެއް އަދި ހަތެއްގެ ރަޖިސްޓަޑް ނަރުހުން ނެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން