ދިވެހި މުޖްތަމައުގައި ފިރިހެން ނަރުހުންނަށް ގަނާކޮށް ފުރައްސާރަ ކުރާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކުށްވެރި ކޮށްފިއެވެ.
އެމްއެޗްޕީޔޫއިން މިކަން ކުށްވެރިކޮށްފައިވަނީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރަމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެމްއެޗްޕީޔޫއިން ވަނީ ނަރުހުންގެ ދުވަހުގެ ހެޔޮ އެދުންތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ ނަރުހުންނަށް ފޮނުވާފައެވެ.
އަދި ނަރުހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާ ކަމަށާއި، ދިވެހި މުޖުތަމަޢުން ފިރިހެން ނަރުހުންނަށް ކުރިމަތިވާ ގަނާ އާއި ފުރައްސާރަ އާއި ތަފާތުކުރުންތައް އެ ޔޫނިއަންގެ ފަރާތުން ކުއްވެރި ކުރާކަމަށް އެމްއެޗްޕީޔޫ އިން ވަނީ ބުނެފައެވެ.
އެމްއެޗްޕީޔޫއިން ބުނީ ނަރުސްކަމަކީ ހަމައެކަނި އަންހެނުންގެ ވަޒީފާއެއް ނޫން ކަމަށެވެ. އަދި އެއީ ހުރިހާ މިންތިއެއްގެ ވެސް ބައިވެރިވުން ބޭނުންވާ މުހިންމު އަދި ހުނަރުވެރި ފަންނެއް ކަމަށް އެމްއެޗްޕީޔޫއިން ފާހަގަ ކޮށްފައި ވެއެވެ.
އަދި ނަރުހުން ވެސް ހިމެނޭހެން ހުރިހާ ޞިއްޙީ ޚިދުމަތްތެރިންނަށް ވެސް ރައްކާތެރި މަސައްކަތުގެ މާޙައުލެއް ޤާއިމުކޮށްދިނުމަށާއި، މަސައްކަތްކުރުވާ ހުރިހާ ގަޑިއަކަށް ފުރިހަމައަށް އުޖޫރަ ދިނުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވާލާ ކަމަށްވެސް އެމްއެޗްޕީޔޫގެ ޕޯސްޓުގައި ވެއެވެ.
ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ނާސިންގ ކެއަރގެ ދާއިރާގައި އަދިވެސް 90 ޕަސެންޓް ހިއްސާކުރަނީ އަންހެނުންނެވެ. އެހެންނަމަވެސް މި ދާއިރާއަށް ފިރިހެން މަސައްކަތްތެރިން ނިކުއްނަ ވަރު މިހާރު ވަނީ ކުރިއާ އަޅާ ބަލާއިރު އިތުރު ވެފައެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ ހެޔޮ އެދުންތައް މި ޔޫނިއަންގެ މެންބަރު ނަރުހުންނަށާއި އަދިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އެންމެހާ ނަރުހުންނަށް އަރިސްކުރަމެވެ.
— Maldives Health Professionals Union (MHPU) (@MaldivesHPU) May 12, 2025
މި ދުވަހު ނަރުހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަމުން، ދިވެހި މުޖުތަމަޢުން ފިރިހެން… pic.twitter.com/2DLoLuzH9k
ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ނާސިންގ ކެއަރގެ ދާއިރާގައި އަދިވެސް 90 ޕަސެންޓް ހިއްސާކުރަނީ އަންހެނުންނެވެ. އެހެންނަމަވެސް މި ދާއިރާއަށް ފިރިހެން މަސައްކަތްތެރިން ނިކުއްނަ ވަރު މިހާރު ވަނީ ކުރިއާ އަޅާ ބަލާއިރު އިތުރު ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު