ހުޅުމާލޭ ފޭސް 1 ގައި ހުރި ޕާކިން ސިސްޓަމްތައް ހުޅުމާލޭ ފޭސް ދޭކަށް ބަދަލުކޮށް ތިން މަސް ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިކަން ހާމަކުރެެއްވީ ހުޅުމާލެ ސަހަރާގެ ކުރިމަތީގައި އޮންނަ ހުސްބިން ވެހިކަލްތައް ޕާކް ކުރަން ދިނުމަށްޓަކައި އެ ބިން ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
އެގޮތުން އަމީން ވިދާޅުވީ މީގެކުރިން އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި ޕާކިން ރެކްތައް މިހާރު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ރެކްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފޭސް ދޭކަށް ބަދަލު ކުރަށްވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެ ރެކްތަކުގައި 275 ވެހިކަލް ޕާކް ކުރެވޭނެ ކަމަށާއި އާންމުންނަށް ވަރަށް ކުޑަ އަގެއްގައި އެ ރެކްތަކުން ޕާކިން ޖާގަ ދޫކުރަށްވާނެ ކަމަށެވެ. ހަމައެއާއެކު އެ ރެކްތަކުން ވަކި ޕަސެންޓެއް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ފުލުހުންނަށް ޚާއްސަ ކުރަށްވާނެ ކަމަށްވެސް އަމީން ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން އަމީން ވިދާޅުވީ ރެކްތައް ބަހައްޓަން ޚާއްސަކޮށްފައިވާ ބިމުގެ ޕްލޭނިންގެ 95 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމާއި ޕާކިންގެ ދަތިކަން ޙައްލުކުރުމަށްޓަކައި ދަތުރުފަތުރާބެހޭ ވުޒާރާއިން މިހާރު ވަނީ ހުޅުމާލެ ސަހަރާގެ ކުރިމަތީގައި އޮންނަ ހުސް ބިން ވެހިކަލްތައް ޕާކް ކުރަން ދިނުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު