ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ދިވެހީންގެ ދިރިއުޅުމުގެ އެންމެ އިސް ކުރި ބޯއްޓަކީ އިސްލާމް ދީން ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އިންގިލާބީ ބަދަލެއް އައި ދުވަހަކީ ރާއްޖެ އިސްލާމްވީ ދުވަސް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިލްމުވެރިކަން ލިޔެވެން ފެށީ ރާއްޖެ އިސްލާމްވުމަށް ފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ދިވެހީންގެ ދިރިއުޅުމުގެ އެންމެ އިސް ކުރި ބޯއްޓަކީ އިސްލާމް ދީން ކަމަށާއި ދިވެހިންގެ ހުރިހާ އަސާސްތައް ފެށިގެން އަންނަނީ އިސްލާމްދީނުން ކަމަށެވެ.

“ދިވެހިންގެ ވިސްނުމުގެ ހަގީގަތް ގުޅިފައިވަނީ މާތްވެގެންވާ އިސްލާމްދީނާ. ދިވެހިންގެ ހުރިހާ އަމަލުތައް ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ އަސާސުތައް ފެށިގެން އަންނަނީ މާތްވެގެންވާ އިސްލާމްދީނުން.” މިނިސްޓަރ އާދަމް ނަސީރު ވިދާޅުވިއެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ކިޔަވާ ފިލާ ހަދަނީ ގަހަކުން ކަނޑާ މުލަކުން ކަމަށްވާއިރު އެ މޫ ކެނޑުމުގައި ޤިބްލައާ ދިމާލަށް ދުވެފައި ހުންނަ މުލަށް ކާބަފައިން ބަލާފައިވާ ކަމަށެވެ.

ހަމައެއާއެކު ދީނާ ގުޅުން ހުރި އެތައް ކަމެއް ދިވެހިންގެ ދިރިއުޅުމުން ފެންނަން ހުރިކަން މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވަނީ ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން