ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްލަވައިގެންފައިވާ ކަމަށް ތުހުމަތުކުރާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރަން ބައްސާމަށް ދިން މުއްދަތު އިތުރު ކޮށްދީފިއެވެ.

ބައްސާމް ދެ އެޕާޓްމަންޓް ބައްލަވައިގެންނެވީ ފީފާއިން އެފްއޭއެމަށް ދިން ފައިސާއިންކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އިރު އެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ކުރިން އޮތީ އޭނާއަށް އަންގާފައެވެ.

އެގޮތަށް އެންގުމުން ބައްސާމްވަނީ ދެ އެޕާޓްމަންޓް ހަވާލުކުރުން މި މަހުގެ 31 އާއި ހަމައަށް ފަސްކޮށްދޭން އެދިފައެވެ.

ފުލުހުން މިރޭ ބުނީ ހާލަތަށް ރިޔާއަތްކުރުމަށްފަހު އެޕާޓްމެންޓްތައް ހަވާލުކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ކަމަށެވެ. އެ ކަމަށް އެފްއޭއެމްގެ ފައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން