ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އެ ގައުމުގައި މިހާރު ކުރިއަށްގެންދާ ބައިނަލްއަގުވާމީ ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ތަފާތު ބޮޑު ނަތީޖާއަކުން ހޮންކޮންގް ބަލިކޮށްފިއެވެ.
އިންޗުއާން ޖިމްނޭޒިއަމްގައި ކުޅުނު މި މެޗު ރާއްޖޭގެ ޓީމުން ކާމިޔާބުކުރީ 7-0 ގެ ފުރިހަމަ ނަތީޖާއަކުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ އަތުން 5-1 އިން ބަލިވި ނަމަވެސް، މިއަދުގެ މެޗުގައި ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.
މިއަހަރުގެ ދެކުނު އޭޝިއާގެ ފުޓްސަލް ތަށި ރާއްޖެއަށް ހޯދައިދިން އުޒްބެކިސްތާނުގެ ކޯޗު ފާރޫކް ޒާކިރޯވްގެ އިރުޝާދުގެ ދަށުން ރާއްޖެއިން މެޗު ފެށުނީއްސުރެ ކުޅުން ކޮންޓްރޯލްކުރިއެވެ.
މެޗުގެ ހަތްވަނަ މިނެޓުގައި ރާއްޖެއަށް ލީޑު ނަގައިދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އެވެ. ސައްޓު މި މެޗުގައި ދެ ގޯލު ކާމިޔާބުކުރިއިރު، ގައުމީ ޓީމަށް ފުރަތަމަ މުބާރާތުގައި ކުޅެމުންދާ މުޙައްމަދު ސާދު ނިޒާރު ވެސް ވަނީ ދެ ލަނޑު ޖަހާފައެވެ.
އިތުރު ދެ ލަނޑު ޝަނާން ރަޝާދު ކާމިޔާބުކޮށްދިންއިރު، ރާއްޖޭގެ ހަތްވަނަ ލަނޑަކީ މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ހޮންކޮންގްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ތާވަލުގެ ކުރީގައިވާ ތިން ޓީމަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.
ތާވަލުގެ އެއްވަނައިގައި ފައިދާ ހަތަރު ލަނޑާއެކު ދެކުނު ކޮރެއާ އޮތްއިރު، ދެވަނައިގައި އޮތީ މުބާރާތް ބާއްވާ ޗައިނާއެވެ. ރާއްޖެ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއި ފައިދާ ތިން ލަނޑާއެކު ތާވަލުގެ ތިންވަނައިގައެވެ.
ތާވަލުގެ އެންމެ ފުލުގައި އޮތީ ކުޅުނު ދެ މެޗުންވެސް ބަލިވި ހޮންކޮންގްއެވެ. މުބާރާތުގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު