ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި އެފްއޭއެމް އެވޯޑްސް 2026 ހަފްލާގައި، އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) ހޯދައިފިއެވެ.
އަދި އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާއެވެ.
މި އެވޯޑް ހަފްލާގައި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމަށް އައިހަމްއާ އެކު ވާދަކޮށްފައިވަނީ ނިއުރޭޑިއަންޓްގެ އަލި ފާސިރު (ސެންޓޭ) އާއި، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހިމް މަހުދީ (ޖަންނަ) އަދި ބުރު ސްޕޯޓްސް ކްލަބްގެ މުހައްމަދު ނައިމްއެވެ.
މީގެއިތުރުން، އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ސާލިޔާއާ އެކު މާޒިޔާގެ އައިމިނަތު ލީޒާ އާއި ނިއުރޭޑިއަންޓްގެ މައީޝާ އާއި މަރިޔަމް ނޫރާ ވާދަކޮށްފައިވެއެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އެފްއޭއެމް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ދީފައިވާއިރު، އެ އެވޯޑް ހާސިލުކޮށްފައިވަނީ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

ކިޔުންތެރިންގެ ހިޔާލު