މި އަހަރު 300 އަށް ވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންް މިއަދު ބުނީ މި އަހަރު ޖުމްލަ 53 ސްކޮލަރޝިޕް ސްކީމެއް އިއުލާންކޮށް ޖުމްލަ 345 ސްކޮލަޝިޕްގެ ފުރުސތު ހުޅުވާލި ކަމަށެވެ.

އަދި އެ ފުރުސަތުތަކުގެ ދަށުން މި އަހަރު، ޖުމްލަ 681 ދަރިވަރުން ދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މި އަހަރު އިޢުލާނުކުރި ސްކޮލަޝިޕް ސްކީމްތަކުގެ ތެރޭގައި، މަތީ ސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގެ ފާސްވާ ދަރިވަރުންނަށް ރައިސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް، ހައި އެޗީވަރސް ސްކޮލަރޝިޕް އަދި އެކައުންޓިން ސްކޮލަރޝިޕް ހިމެނެއެވެ.

އޭގެ އިތުރުން ޗައިނާ، ތުރުކީ، އިގިރޭސިވިލާތް އަދި ޖަޕާން ފަދަ ބޭރުގެ ޤައުމުތަކުގެ ޚަރަދުގައި، ދިވެހި ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރުމާއި ތަމްރީނުވުމަށް ސްކޮލަޝިޕްގެ އެތައް ފުރުސަތެއް ހުޅުވާލިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން