މިސްކިތު ޤާރީ ކުލާސްތައް ފެށުމުގެ ރަސްމިއްޔާތު
މިސްކިތު ޤާރީ ކުލާސްތައް ފެށުމުގެ ރަސްމިއްޔާތު
ހިލޭ ސާބަހަށް ކިޔަވައިދޭ މިސްކިތު ޤާރީ ކުލާސްތައް މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ހިލޭ ސާބަހަށް މިސްކިތު ޤާރީ ކްލާސްތައް ހިންގުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމަށެވެ.

އެގޮތުން މިސްކިތްތަކުގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިހާތަނަށް 29 ފަރާތަކާއި 3 ޖަމިއްޔާއެއް ބައިވެރި ވެފައިވާ ކަމަށާއި އޭގެތެރެއިން 29 ތަނެއްގައި މި ކްލާސް ހިންގުމަށް ތައްޔާރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮގުރާމުގެ ދަށުން ހިންގާ ހުރިހާ ކްލާސްތަކެއްވެސް ހިންގަނީ ހިލޭސާބަހަށް ކަމަށާއި ކުލާސްތައް އޮންނާނީ 09 އޮކްޓޫބަރު 2024އިން ފެށިގެން މިސްކިތްތަކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައިވެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ކުދިންނަށް ރަައްކާތެރި މާހައުލެއްގައި ކިޔަވައިދިނުމަށް އިލްތިމާސް ކުރަށްވާފައެވެ. ހަމައެއާއެކު އިލްމު ފެތުރުމުގެ ހުރިހާކަމަކީ ފައިސާއާއި ގުޅިފައިވާކަމަކަށް ވެގެން ނުވާނެކަމަށް ވިދާޅުވެ ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދޭން ޝައުގުވެރިވާ ފަރާތްތަކެއް ތިބުމަކީ އުފާކުރަށްވާ ކަމެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ⁠ބަލައިގެން ކިޔުމާއި ހިތުދަސްކުރުން ކުރިއަށްދާއިރު މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ނ، ބ، ކ، އއ، އދ، މ، ތ، ލ، ގއ، ގދ، ޏ، ސ ގެ ބައެއް ރަށްތަކުގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން