އަހުމަދު ޔާމިން   24 އޯގަސްޓު 2020 - 0:11
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ހައި ކޯޓަށް ދެ ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން ކޮށްފައިވާ އިޢުލާނު ބާތިލުކޮށް ފަނޑިޔާރުން ހޯދުމަށް އަލުން އިއުލާންކޮށްފި އެވެ.

ޖޭއެސްސީ އިން ކުރި އިއުލާނެއްގައި ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތުގައި "ފަނޑިޔާރުން ބޭނުންވާ އަދަދު" އިތުރު ކުރުމަށް ބޭނުންވާތީއާއި، އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ، އެ އިއުލާން ބާތިލްކޮށް އަލުން ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ޖޭއެސްސީ އިން ބުނީ ކުރީގެ އިއުލާނުގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފިޔަވައި އިތުރު އެހެން އެއްވެސް ލިޔެކިއުމެއް މި އިއުލާނުން ކޮށްފައިވާ މަގާމުތަކަށް ކުރިމަތިލައްވާއިރު ހުށަހަޅުއްވަން ނުޖެހޭނެ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަން ފޯމް އަދި އިއުލާނުގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް ކޮމިޝަނުގެ ރަސްމީ އީމެއިލަށް ފޮނުއްވުމަށް ޖޭއެސްސީ އިން އެދިފައި ވެއެވެ.

ދެ ފަނޑިޔާރަކު ހޯދަން ހައި ކޯޓުން އިއުލާންކޮށްފައި މިވަނީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ހަސަން އަލީ އާއި ސުޖާއު އުސްމާން ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީ އެވެ. އެ ދެ ފަނޑިޔާރުން ވެސް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ސުލޫކީ މައްސަލައެއް ސާބިތުވެ، އެ ދެބޭފުޅުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށައަޅާފައި ވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު


5

ތިމަންނަ

24-Aug-2020

ދެ ފަޑިޔާރުން ހޯދަން ނުޖެހޭ , އެކަކު ހޯދާ އެ ހުއްޓޫ ހުރިހާކަމަކަށް ފެތޭ ނަސީދު



ޓްރެންޑިން