ސިރަމް އަކީ ތަފާތު އެކި މާއްދާތައް ބޭނުން ކޮށްގެން ހަދާ އެއްޗަކަށްވީއިރު، މިއީ ޒީނަތްތެރިކަމަށް އިނގިލާބެއް ގެނެސްދިން އެއްްޗެއްވެސް މެއެވެ. އޭގައި އެކުލެވޭ ފައިދާހުރި މާއްދާތަކުގެ ސަބަބުން ހަންގަނޑާއި އިސްތަށިގަނޑަށް ދިމާވާ ގިނަ މައްސަލަތައް ހައްލު ކުރުމަށް އެހީވެދޭއިރު، މިއީ މިހާރު ވަރަށް ގިނަ މީހުން ބޭނުން ކޮށްއުޅޭ އެއްޗެއްވެސް މެއެވެ.
އެހެންކަމުން މިފަހަރު މި ހިމަނާލަނީ އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ގޭގައި ތައްޔާރު ކޮށްލެވޭނެ ބައެއް ސިރަމް ތަކެވެ.
ކާސްޓާ ތެލާއި ކާށިތެޔޮ ސިރަމް
މި ސިރަމް ތައްޔާރު ކުރުމަށްޓަކައި 2 މޭޒުމަތީ ސަމުސާ ކާސްޓާ ތެލާއި، ކާށި ތެޔޮ ނެގުމަށްފަހު ކޮންމެ ސަމުސަލަކަށް 5 ތިކި ރޯޒްމޭރީ ނުވަތަ ލެވެންޑާ ތެޔޮ އަޅާނީއެވެ. އަދި އެއަށްފަހު މި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާފައި، ހަފްތާއަކު ދެފަހަރު ނިދުމުގެ ކުރިން ރަނގަޅަށް ބޮލުގައި އުނގުޅާލާނީއެވެ. މި ބޭނުން ކުރުމުން ބޮލުގެ ހަންގަނޑަށް ބޭނުންވާ އެމިނޯ އެސިޑުތަކާއި އޮމެގާ-9 ފެޓީ އެސިޑުތައް ލިބި، އޭގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަވެ ދިގުވެއެވެ.
ގްރީން ޓީ އާއި އާގަންތެޔޮ ސިރަމް
މި ސިރަމް ތައްޔާރު ކުރުމަށްޓަކައި 1/2 ޖޯޑު ގްރީން ޓީ ހިހޫ ކުރުމަށްފަހު އޭގެ ތެރެއަށް 2 މޭޒުމަތީ ސަމުސާ އާގަން ތެޔޮ އަޅާނީއެވެ. އެއަށްފަހު 6 ތިކި ޕެޕާމިންޓް ތެޔޮ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ. މި ސިރަމް ބޮލުގައި ރަނގަޅަށް އުނގުޅާލުމަށްފަހު 30 މިނެޓު ބަހައްޓާފައި އިސްތަށިގަނޑު ދޮވެލާނީއެވެ. ގްރީން ޓީ އަކީ އޭގައި ގިނަ އަދަދަކަށް ކެޓެޗިން އެކުލެވޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން ބޮލުގެ ހަންގަނޑު ދުޅަވުން ކުޑަކޮށްދެއެވެ. އަދި ބޮލުގައި ހަންފޮޅުން ހުއްޓުވައިދީ ހަންގަނޑުގެ ސިއްހަތު ރަނގަޅު ކޮށްދެއެވެ. އަދި އޭގެ ސަބަބުން އިސްތަށިގަނޑު ދިގުވެ ވަރުގަދަ ވެއެވެ.
ފިޔާ އަދި ޒައިތޫނި ތެޔޮ ސިރަމް
މި ސިރަމް ތައްޔާރު ކުރުމަށްޓަކައި 2 މޭޒުމަތީ ސަމުސާ ފިޔާ ޖޫހުގެ ތެރެއަށް 2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ. އަދި އެއަށްފަހު މާމުއި ނުވަތަ ރޯޒްމެރީ ތެޔޮ ކޮޅެއް އަޅާފައި އެއްކޮށްލާނީއެވެ. އަދި 30 މިނެޓު ވަންދެން ރަނގަޅަށް ބޮލުގައި އުނގުޅާފައި ބެހެއްޓުމަށްފަހު ދޮވެލާނީއެވެ. މި ބޭނުން ކުރުމުން ބޮލުގެ ހަންގަނޑު ރަނގަޅަށް ހައިޑްރޭޓުވެ، އޭގެ ސަބަބުން ބޮލުގެ ހަމުގެ ސިއްހަތު ރަނގަޅުވެއެވެ. އަދި އޭގެ ސަބަބުން އިސްތަށިގަނޑުގެ ފޮލިކަލްތައް ވަރުގަދަވެ، އިސްތަށިގަނޑު ވަރުގަދަވެއެވެ.

ކިޔުންތެރިންގެ ހިޔާލު