މުސްތަޤުބަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނޫސްވެރިކަމުގެ އަޚުލާޤީ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކުރިއަށްދިޔަ 7 ވަނަ ވޯލްޑް މީޑިއާ ސަމިޓު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ޓެކްނޮލޮޖީގެ އައު އީޖާދުތަކާއެކު މީޑިއާގެ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައި މީޑިއާތައް ގުޅުވައިދީ، އެއް އަމާޒަކަށް ވާސިލުވުމަށް ޗައިނާގެ ޝިންހުއާ ނިއުސް އޭޖެންސީން ކުރަމުންދާ އަގުހުރި މަސައްކަތްތަކަށް އެމަނިކުފާނު ތަޢުރީފުކުރެއްވިއެވެ.
މިއަހަރުގެ ސަމިޓަށް ކަނޑައަޅާފައިވާ ޝިޢާރު ކަމަށްވާ "ހިކުމަތްތެރި ޒަމާނުގައި މީޑިއާ: އިއްތިފާޤުވުމުން ޢަމަލީ މައިދާނަށް" މިއީ މިވަގުތުގެ ޙާލަތާ ނުހަނު ގުޅޭ މުހިންމު ޝިޢާރެއްކަން ފާހަގަކުރައްވައި، އިތުބާރު ހިފޭ ނޫސްވެރިކަމެއް ބިނާކުރުމަށް އެންމެން ގުޅިގެން ޢަމަލީ މަސައްކަތްތަކަކަށް ދިއުމަށް މި ޝިޢާރު ބާރުއަޅާކަން މިނިސްޓަރު ބަޔާންކުރެއްވިއެވެ.
މީގެއިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީޑިއާގެ ވަސީލަތްތައް ކުރިއަރަމުން އަންނަނީ އެއް ހަމައެއްގައި ނޫންކަން ފާހަގަކުރައްވައި، ހަލުވިކަމާއެކު ބަދަލުވަމުންދާ މިފަދަ ދަނޑިވަޅެއްގައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، މަޢުލޫމާތާއި ހުނަރު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމުތަކެއް ޤާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އާޓިފިޝަލް އިންޓެލިޖެންސާއި އޮޓޮމޭޝަންގެ ސަބަބުން ތެދު މަޢުލޫމާތު ދެނެގަތުމަށް ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށާއި، އަޚުލާޤީ މިންގަނޑުތަކަށް ބެލުމެއްނެތި ޢާންމު ފަރާތްތަކުން އުފައްދާ ކޮންޓެންޓްތަކުގެ ސަބަބުން ދޮގު މަޢުލޫމާތު ފެތުރުމުގެ ނުރައްކާ އިހުނަށްވުރެ ބޮޑުވެފައިވާކަންވެސް ހާމަކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ، ދޮގު ޚަބަރާއި އޮޅުވާލައިގެން ފަތުރާ މަޢުލޫމާތުތަކުން މުޖުތަމަޢުތައް ސަލާމަތްކުރުމަށްޓަކައި، ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެހައި ފަރާތްތައް ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައި ނޫސްވެރިކަމުގެ އަޚުލާޤީ ހަމަތައް އެންމެ މަތީ ފެންވަރުގައި ދަމަހައްޓައި، މީޑިއާ ދާއިރާގެ ތަމްރީނާއި ހުނަރު އިތުރަށް ފުޅާކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު