މ.ދިއްގަރު ޑްރައިވިންގ ލައިސަންސް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު
މ.ދިއްގަރު ޑްރައިވިންގ ލައިސަންސް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތު
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ހުއްދަ އަލަށް 10 ކައުންސިލަކަށް ދީފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ އަލަށް ހުއްދަ ދިން 10 ސެންޓަރާއެކު މުޅިޖުމުލަ 39 ސެންޓަރަކަށް ލައިސަންސް ދޫކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އަދި އިތުރު ސެންޓަރު ތަކުންވެސް ލައިސަންސް ދޫކުރުމުގެ ހުއްދައަށް އެދުމުން އޮންނަ އުޞޫލްގެ ދަށުން ލައިސަންސް ދޫކުރުމުގެ ހުއްދަ ދެމުން ގެންދާނެ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައި ވެއެވެ.

މުޅިން އަލަށް ލައިސެންސް ދޫކުރުމުގެ ހުއްދަ ދިން ސެންޓަރުތަކަކީ ހއ. މޮޅަދޫ ކައުންސިލާއި ހއ. އިހަވަންދޫ ކައުންސިލާއި ހއ. ކެލާ ކައުންސިލާއި ބ. ކެންދޫ ކައުންސިލާއި ވ. އަތޮޅު ކައުންސިލާއި ރ. ހުޅުދުއްފާރު ކައުންސިލާއި ތ. ވިލުފުށީ ކައުންސިލާއި ފ. ދަރަނބޫދޫ ކައުންސިލާއި މ. ދިއްގަރު ކައުންސިލާއި ގދ. ގައްދޫ ކައުންސިލެވެ.

ދަތުރުފަތުރާބެހޭ ވުޒާރާއިން ބުނީ މިހާރު ލައިސަންސް ދޫކުރަމުންދާ ސެންޓަރުތައް އިތުރަށް މޮނިޓަރ ކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ. ހަމައެއާއެކު ލައިސަންސް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްޞަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށްވެސް އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ މި މަސައްކަތުގެ މަޤްޞަދަކީ ލައިސަންސް ދޫކުރުމުގައި ގެންގުޅޭ މިންގަނޑުތަކުގެ ފެންވަރު ހިފެހެއްޓުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން