ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެ އެއްވެސްކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާ އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް މިއަދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުވުމަކީ ރައީސްގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

އެގޮތުން މިދިޔަ ދުވަސްތަކުގައި ރައީސް ވަނީ 160 އަށްވުރެ ގިނަ ކައުންސިލާއި ބައްދަލު ކުރައްވާފައިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 120 އަށްވުރެ ގިނަ ކައުންސިލްގެ އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ކުރެވިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.



2025 ވަނަ އަހަރަށް އަންދާޒާކުރި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ދޭން ގާނޫނުގައި އޮންނަގޮތަށް، މުޅި ދައުލަތުގެ އާމްދަނީގެ ފަސް އިންސައްތަ ފައިސާ، ކައުންސިލްތަކަށް ދޭން ހިމަނާފައި ނުވާތީ އެކަން އިދިކޮޅު ފަރާތްތަކުން ދަނީ ކުށްވެރި ކުރަމުންނެވެ.

އެއާއި ގުޅިގެން އާދަމް ޝަރީފްގެ ޕޯސްޓްގައި ވިދާޅުވީ، ކައުންސިލްތަކަށް ނިކަމެތިކަމެއް ލިބޭނެ ކަމެއް ރައީސް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓު ފާސްވެގެންދާއިރު ކައުންސިލްތަކަށް ލިބެންޖެހޭ 5 އިންސަތަ ފައިސާ ހަމަޖެހިގެން ދާނެކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަން ފާހަގަ ކުރައްވައި އާދަމް ޝަރީފް ވަނީ ރައީސަށް ޝުކުރު އަދާ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން