ކިރަކީ އަޅުގަނޑުމެން އެންމެ ކުޑައިރުއްސުރެ ބޭނުން ކުރަމުން އަންނަ އެއްޗަކަށްވީއިރު، މިއީ ވަރަށް ގިނަ މީހުންނަށް ކަމުދާ އެއްޗެކެވެ. މިއީ ހުހަށްވެސް ނުވަތަ ތާފާތު އެކިކަހަލަ ކާއެއްޗެހި އަދި ބުއިންތައް ތައްޔާރު ކުރަންވެސް ބޭނުން ކޮށް އުޅޭ އެއްޗެކެވެ. އަދި މިހާރު ބާޒާރުގައި ކިރުގެ ތަފާތު އެކި ބާވަތްތައްވެސް ލިބެން ހުރެއެވެ. ނަމަވެސް މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ ކިރު ބުައިމުން ބަރުދަން އިތުރުވޭތޯ، ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ.
ކިރަކީ އޭގައި ތާފާތު އެކިކަހަލަ ނިއުޓްރިއެންޓުތައް ހިމެނޭ އެއްޗެކެވެ. މިސާލަކަށް ބަލާއިރު ޕްރޮޓީން އާއި، ފެޓުގެ އިތުރުން ބައެއް ކަހަލަ ހަކުރުތައްވެސް މީގައި ހިމެނެއެވެ. މި މާއްދާތަކަކީ އޭގައި ކެލޮރީ ހިމެނޭ މާއްދާތަކެކެވެ. މަދުމަދުން ކިރު ބޭނުން ކުރުމުން މީހާގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީވި ނަމަވެސް، މާ ގިނައިން ކިރު ބޭނުން ކުރާނަމަ މީހާގެ ބަރުދަން އިތުރުވެއެވެ. މިކަން މިހެން ވަނީ އޭގައި ހިމެނޭ ކެލޮރީތައް ގިނަ ވުމުންނެވެ.
ޖާނަލް އޮފް އެޑްވާންސެސް އިން ނިއުޓްރިޝަން ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ފެޓު ހިމެނޭ ޑެއިރީގެ ބާވަތްތައް ބޭނުން ކުރުމާއި މީހާގެ ބަރުދަން އިތުރުވުމާއި ޑައިރެކްޓު ގުޅުމެއް ނުވާ ކަމަށެވެ. މި ރިޕޯޓުގައި ބުނެފައިވަނީ އާންމު ކޮށް ބޭނުން ކުރާ ޑެއިރީގެ ބާވަތްތަކަކީ މީހާގެ މަސްތައް ވަރުގަދަ ކޮށް ބަރުދަން ލުއި ކުރުމުގައި އެހީވެދޭ ބާވަތްތަކެއް ކަމަށެވެ.
ކިރަކީ އޭގައި ކެލްސިއަމް އަދި ޕްރޮޓީން ހިމެނޭ އެއްޗަކަށް ވީނަމަވެސް، މިއީ އެންމެނަށް ފައިދާހުރި އެއްޗެއް ނޫނެވެ. އަދި ބަރުދަން ލުއިކުރަން ބޭނުންވާނަމަ ކެއިން ބުއިމަށް ކިރު އެހާ ގިނައިން ބޭނުން ކުރުމަކީ ރަނގަޅު ކަމެއްވެސް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު