އައްޑޫގައި މިހާރު ކުރިޔަށްދާ ބޮޑީބިލްޑިންގ މުބާރާތް ހުއްޓާލައި އެކަން އިންތިޒާމު ކުރި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަން އަލީ ރަމީޒް ގޮވާލައިފިއެވެ.

އަލީ ރަމީޒު ކުރި ޕޯސްޓެއްގައި މިހާރު އައްޑޫގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ހުއްޓާލުމަށާއި އެކަން އިންތިޒާމުކުރާ ފަރާތްތަކަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

ބޮޑީ ބިލްޑިންގެ ނަމުގައި އައްޑޫގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖުމަތީ މި ވަގުތު ކުރިއަށް ގެންދާ ފާހިޝް ނުބައި ހަރަކާތްތައް އިންތިހާއަށް ކުށްވެރިކުރާ ކަމަށް އަލީ ރަމީޒުގެ ޕޯސްޓުގައި ލިޔެފައިވެއެވެ.



ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން ބާއްވާ މި މުބާރާތުގައި އެކި ގައުމުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ. ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗްކޮށް ދެއްވީ މިދިޔަ މަހުގެ ހަތެއްގައެވެ.

އަލީ ރަމީޒުގެ އިތުރުން ރާއްޖޭގެ ގިނަ ބަޔަކުވެސް ދަނީ ބޮޑީބިލްޑިންގ މުބާރާތް ހުއްޓާލުމަށް ގޮވާލައި މީސް މީޑިޔާގައި އަޑުއުފުލާފައެވެ. އަދި މީސްމީޑިޔާގައި މި މުބާރާތުގެ ފޮޓޯއާއި ވީޑިއޯތައް ދައުރުވަމުންދާއިރު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވަމުންދާކަންވެސް ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން