އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީމް މި ބީދައިން ވިދާޅުވެފައިވާއިރު މިހާރު އައްޑޫގައި ކުރިއަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ހުއްޓާލުމަށާއި އެކަން އިންތިޒާމުކުރާ ފަރާތްތަކަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުމަށް މީސް މީޑިއާގައި ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

އެކަމާގުޅިގެން ޑރ. ޝަހީމް މިއަދު ވިދާޅުވީ ކީރިތި ޤުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގައި ކަމަށެވެ. އޭގެއިތުރުން ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން ކަމަށާއި ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަން ޖެހޭ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



ޑރ. ޝަހީމް މިފަދަ ލުއި ގޮތަކަށް މި ޢަމަލު ކުށްވެރި ކުރަށްވާފައިވާތީ ޝަހީމްގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ ބައެއް މީހުންވަނީ ޑރ. ޝަހީމަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން ރަސްމީ ހައިސިއްޔަތުން އިސްލާމިކް މިނިސްޓްރީގެ ލެޓާރ ހެޑްގައި ބަޔާނެއް ނުނެރުނީ ކީއްވެތޯ ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.

“ތީ ޝަހީމްތަ ނޫނީ މި ދިވެހި ޤައުމުގެ އިސްލާމިކް މިނިސްޓަރުތަ.؟” ޝަހީމްގެ ޕޯސްޓަށް ކޮމެންޓް ކޮށްފައިވާ އެކަކު ބުނެފައިވެއެވެ.

ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން ބާއްވާ މި މުބާރާތުގައި އެކި ގައުމުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ. ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗްކޮށް ދެއްވީ މިދިޔަ މަހުގެ ހަތެއްގައެވެ.

މި މުބާރާތް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން