މަތީ ތަޢުލީމާއި މަސައްކަތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ
މަތީ ތަޢުލީމާއި މަސައްކަތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ
ފުލުހުން ވާންޖެހޭނީ ޤާނޫނަށް ތަބާވާ އަޚްލާޤު ރަނގަޅު ނަމޫނާ ބަޔަކަށް ކަމަށް މަތީ ތަޢުލީމާއި މަސައްކަތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ޑރ. މާރިޔާ މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ 2024 ވަނަ އަހަރުގެ ދަސްވެނިވުން ޝަރަފުވެރި ކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވަޒީރު މާރިޔާ ވިދާޅުވީ ސައިބަރ ކުށްތަކާއި، ޑިޖިޓަލް އަދި ފޮރެންސިކްގެ ދާއިރާ މަތީ ތަޢުލީމުގެ މަންހަޖުގައި ހިމެނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ބައިނަލްއަޤުވާމީ ޔުނިވަރސިޓިތަކާއި ގުޅިގެން އެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ފުލުހުން ވާންޖެހޭނީ ޤާނޫނަށް ތަބާވާ އަޚްލާޤު ރަނގަޅު ނަމޫނާ ބަޔަކަށް ކަން ފާހަގަ ކުރަށްވައި ވަޒީރު މާރިޔާ ވިދާޅުވީ ފުލުހުންނަކީ ހަމައެކަނި ޤާނޫނު ތަންފީޒުކުރުމަށް ތިބި ބައެއް ނޫން ކަމަށެވެ. އޭގެ އިތުރުން ވަޒީރު މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވާފައިވާ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމާއެކު އަޚްލާޤު ލިބިގެންވާ ޚިދުމަތްތެރި ފުލުހުންގެ ޖީލެއް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ހަމައެއާއެކު ހުރިހާ ފުލުހުންނަށްވެސް ހަމަހަމަކަމާއެކު މަތީ ތަޢުލީމުގެ ފުރުސަތު ފަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންހެން އޮފިސަރުންނަށާއި އަތޮޅު ތެރޭގެ ރަށްރަށުގައި ތިބި އޮފިސަރުންނަށްވެސް މަތީ ތަޢުލީމު ފުރުސަތު ފަހިކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު މާރިޔާ ރޭ ވިދާޅުވެފައިވެއެވެ.

އަދި ހަމައެހެންމެ މިތަމްރީނުތައް ވެގެންދާނީ، މަތީ ތަޢުލީމުގެ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އެންމެ ޒަމާނީ އުކުޅުތަކާއި ޒަމާނީ ވަޞީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދޭ ވަޞީލަތަކަށް ކަމަށްވެސް ޑރ. މާރިޔާ ވިދާޅުވިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ 2024ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 297 ދަރިވަރުންވަނީ ދަސްވެނިވެފައެވެ. މީގެ ތެރޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓަރސް ލެވެލްގެ 5 ކޯހެއްގައި ދަސްވެނިވީ ދަރިވަރުންނަށްވަނީ ސެޓުފިކެޓާއި ހަނދާނީ ލިޔުން ޙަވާލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން