ހަރުފަ ބޭނުންކޮށް ބިރުދައްކައިގެން ފޭރެނީ-
ހަރުފަ ބޭނުންކޮށް ބިރުދައްކައިގެން ފޭރެނީ-
ހަރުފަ ބޭނުންކޮށް ބިރުދައްކައިގެން އިންޑިއާގެ ރޭލުތަކުގައި ފޭރެން އުޅޭ ވީޑިއޯއެެއް މީސް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

ޓިކްޓޮކްގައި ވައިރަލްވި މި ވީޑިއޯގައި ފެންނަނީ އިންޑިއާގެ އުތުރުގެ މީހުންތަކެއް ރޭލުތަކުން ދަތުރު ކުރަމުންދާ މީހުންނަށް ހަރުފަ ބޭނުން ކޮށްްގެން ބިރު ދައްކައި ފޭރެމުން ދާ ތަނެވެ.

އެ ވީޑިއޯގައި ފެންނަ ހަރުފައަކީ އެންމެ ނުރައްކާތެރި ހަރުފައިގެ ވައްތަރު ކަމަށްވާ ކޯބްރާ އާއިލާގެ ހަރުފައެކެވެ. މިއީ ވަރަށް ވިހަގަދަ ބާވަތެއްގެ ހަރުފައެއް ކަމުން މި ހަރުފަ އިންސާނެއްގެ ގައިގައ ދަތް އަޅައި ވިހަލައިފިނަމަ، 1 ގަޑިއިރު ތެރޭގައި މުޅި ހަށިގަނޑަށް އެވިހަ ފެތުރި މީހާގެ ފުރާނަ އަށް ނުރައްކާ ވެދާނެކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.

ނަމަވެސް ހަރުފަ ބޭނުންކޮށް ބިރުދައްކައިގެން ފޭރެން އުޅޭ ގިނަ މީހުން ގެންގުޅޭ ހަރުފަތަކަކީ އެއެއްޗެހީގެ "ވެނަމް ގްލޭންޑު" ތަކާއި "ފޭންގުތައް" ނަގައި ޑޮމެސްޓިކޭޓު ކޮށްފައިވާ ހަރުފަތަކެއްކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. އެހެންވެ، މި ހަރުފައިގެ ސަބަބުން އަސްލު އެއްވެސް ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާ އަކީ ތަފާތު އެކި ވައްތަރުގެ ހަރުފަ އާންމުކޮށް ފެންނަ ގައުމެކެވެ. އަދި ހަރުފަ ބޭނުންކޮށް ބިރުދައްކާ ފޭރޭ މައްސަލަތައްވެސް އެ ގައުމުގައި ވަރަށް ގިނައިން ފެންމަތިވެއެވެ. މިދިޔަ އަހަރު ފަހުކޮޅުވެސް މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު އެފަހަރު ވައްކަން ކޮށްފައިވަނީ ސައިކަލަކުން ދިޔަ މީހެއްގެ އަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން