މުސްލިމުންގެ ޙަޔާތުގައި ހޯދާ ކުރިއެރުންތަކުގައި ވަޙީގެ އަސަރު ހުންނަންޖެހޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ރޭގައި ފުވައްމުލައް ސިޓީގައި ބޭއްވުނު ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ޑރ. ޝަހީމް ވިދާޅުވީ އިސްލާމްދީނަކީ ހަމައެކަނި ފިޤުހީ މައްސަލަތަކެއް ނޫންކަމަށާއި އިސްލާމްދީނަކީ ޢިލްމާއި ކުރިއެރުންތަކުގެ ދީންކަމަށެވެ. އަދި އިސްލާމީ ޙަޟާރަތަކީ ޢިލްމު އުނގެނުމަށް ގޮވައިލާފައިވާ ޙަޟާރަތެއްކަމަށާއި މުސްލިމުންގެ ޙަޔާތުގައި ހޯދާ ކުރިއެރުންތަކުގައި ވަޙީގެ އަސަރު ހުންނަންޖެހޭނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ހަމައެއާއެކު ޑރ. ޝަހީމް ވިދާޅުވީ ކޮންމެ ދަރިވަރަކުވެސް ދަސްވެނިވުމަށްފަހު މުޖްތަމަޢަށް ޚިދުމަތްކުރަން ނިކުންނަންވާނީ ﷲގެ ވަޖުހުފުޅު އެދިގެންކަމަށާއި މީސްތަކުންނަށް އިޙުސާންތެރިވުމާއި ޚިދުމަތް ދިނުމުގައި މާއްދީ ފައިދާއެއް ހޯދުމުގެ މައްޗަށް ސަވާބާއި ދަރުމަ ހޯދުން އިސްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.
އަދި ހަމަ އެހެންމެ ވަޢުދަށް ޙުރުމަތްތެރިކޮށް ހިތުމާއި ކެތްތެރިވުމުގެ ސިފަތަކަކީ މިފަދަ ޒަމާނެއްގައި ކޮންމެހެން ތަބާވުން މުހިންމު ސިފަތަކެއްކަމުގައި ވަޒީރު ވިދާޅުވިއެވެ.
އިސްލާމްދީނުގައި ޢިލްމާއި ތަރުބިއްޔަތަކީ ގުޅިލާމެހިފައިވާ ދެ އަސާސްކަމުން ދަރިވަރުން ދަސްވެނިވެގެން ނިކުންނައިރު އިސްލާމީ އަޚުލާޤުން އަޚުލާޤު ލިބިގަނެ ނަމޫނާ ބަޔަކަށް ވުމަށް ވަޒީރު އިލްތިމާސް ކުރެއްވިއެވެ. އޭގެއިތުރުން މައިންބަފައިންނަށް އިޙުސާންތެރިވުމާއި އަވައްޓެރިންނާއި މެހުމާނުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ބަސްބުނުމަކީ ﷲ އަށްޓަކައި ދިރިއުޅޭ މީހުންގެ އަޚުލާޤު ކަމުގައި ޑރ. ޝަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ ވަޙީގެ މައްޗަށް ބިނާ ނުވާ ކޮންމެ ފިކުރަކާއި ތަރައްޤީއަކާ ކުރިއެރުމެއް އިންދިރާސްވެދާނެ ކަމަށާއި ދެމިގެންދާނެ ޙަޟާރަތަކީ ވަހީގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޙަޟާރަތު ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
މި ޙަފްލާގައި ވަޒީރު ވަނީ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ޢިލްމު ފަތުރައި އިންސާނިއްޔަތަށް ޚިދުމަތްކުރުމުގައި ދައްކަމުންދާ ނަމޫނާއަށް ޝުކުރު އަދާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު