އެންމެ ބޮޑު އުފަލަކީ ވެރިކަމުގެ ފަރާތުން އިސްލާމީ ކަންތައްތަކަށް ބަހައްޓަވާ އަހަންމިއްޔަތުކަން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޑރ. ޝަހީމް ވިދާޅުވީ އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިސްލާމީ ކަންކަމަށް ބަހައްޓަވާ މުހިއްމުކަމާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ވުޒާރާގެ ދަށުގައިވާ މުއައްސަސާތައް ހަރުދަނާކޮށް ކުރިއެރުވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަކީ ލިބިލައްވާ އެންމެ ބޮޑު އުފާކަމަށެވެ.
ހަމައެއާއެކު ޒަކާތުގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ޒަކާތަށް ހާއްސަ އިދާރާއެއް އުފައްދަވާ އިސްލާމީ ފިޤުހުގެ އަލީގައި މުއައްސަސާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އެއްބާރުލެއްވުމަކީ ރާއްޖޭގެ ވެރިއެއްގެ ފަރާތުން މިފަދަ ކަމަކަށް ދެއްވާނެ އެންމެ ފުރިހަމަ އެއްބާރުލެއްވުންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި އެކަމަށްޓަކައި ޑރ. ޝަހީމް ވަނީ ރައީސް ޑރ. މުޢިއްޒަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަށްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ކުރިއާއި އަޅާބަލާއިރު ޒަކާތަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށާއި، އަހަރެެއްގެ ތެރޭގައި ޒަކާތަށް ޖަމާވާ އަދަދު 100 މިލިއަނާއި ގާތްކުރާ ވަރަށް ކުރިއަށް ގޮސްފައިވާކަމުން އެނގިގެން ދަނީ ޒަކާތަށް އާއްމުންގެ ހޭލުންތެރިކަން އިތުރުވަމުންދާ މިންވަރުކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވި ފަހުން ޒަކާތަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި މި ކޮންފަރެންސަކީވެސް އެފަދަ މުހިއްމު މަސައްކަތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ކޮންފަރެންސްގެ ޒަރިއްޔާއިން ޒަކާތާއި ގުޅޭ ޢިލްމީ މުހިއްމު ވާހަކަތަކެއް ދެކެވި، މުހިއްމު ކަންކަމާއިމެދު މަޝްވަރާ ކުރެވި ޚިޔާލު ބަދަލުކުރެވިގެންދާނެކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެއެވެ.
މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، ޒަކާތުގެ މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައި ވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި ކޮންފަރެންސް މިރޭގެ ނިިޔަލަށް ކުރިއަށްދާއިރު، 4 ކީނޯޓް ސްޕީކަރުންގެ ވާހަކަފުޅު ދެއްކެވުމާއި 4 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު