އަހުޒަމް އަޙްމަދު   28 ނޮވެމްބަރު 2024 - 15:27
އުމަރު ނަސީރު--
އުމަރު ނަސީރު--
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފޭސްބުކް އެކައުންޓް ހެކްކޮށްފި އެވެ.

އުމަރު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ފޭސްބުކް އެކައުންޓް ހެކްކުރިކަން ޔަގީންކޮށްދެއްވައިފަ އެވެ.

އުމަރު ވިދާޅުވީ މެޓާ އާއި ގުޅިގެން އެ އެކައުންޓް އަބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެހެން ބަޔެއްގެ އަތަށް އެ އެކައުންޓްގެ ކޮންޓްރޯލް ދިޔަކަން އަދި އެނގިވަޑައިގެންފައި ނެތްކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ސޯޝަލް މީޑީއާއާ ވަރަށް ރައްޓެހި އުމަރަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޖެހިލުމެއްނެތި ހުރިހާ ސަރުކާރަކުތަކަކަށް ވެސް ފާޑު ވިދާޅުވާ ބޭފުލެކެވެ. އަދި ގިނަގިނަ އެކި ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ދެކެވަޑައިގަންނަވާ ގޮތްތައް އުމަރު ފޭސްބުކުގައި ހިއްސާ ވެސް ކުރައްވަ އެވެ.

އުމަރުގެ ފޭސްބުކް ހެކްކުރި އިރު ހެކްކުުރުމުގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑެވެ.

އެޮގޮތުން މިއަދުވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަންހެނެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށް ފައިސާ ހޯދަމުންދާ މައްސަލަ މިހާރު ބަލަން ފަށާާފައިވާ ކަަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން