ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އިމާރާތްތައް ތަޅައިދިނުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.
ރާއްޖޭގެ މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެފައިވަނީ މި ފެށޭ އަހަރުގެ ކުރީކޮޅު އެކުންފުނީގައި ޑިމޮލިޝިން ޑިޕާޓްމަންޓެއް އުފައްދައި ޢިމާރާތްތަށް ތަޅައިދިނުމުގެ ހިދުމަތް ފެށުމަށް ވެމްކޯއިން ތައްޔާރުވަމުންދާ ކަމަށެވެ.
އެގޮތުން މި ޚިދުމަތް ފެށުމަށް ނިންމާފައިވަނީ މާލޭ ސަރަޙައްދުގައި ކަމަށާއި މިއީ ވެމްކޯއިން މިހާރުވެސް ކުރަމުންދާ މަސައްކަތާ ގުޅުންހުރި މަސައްކަތެއް ކަމަށް މުޖުތަބާ ވިދާޅުވެފައިވެއެވެ.
“މިމަސައްކަތް ފެށުމުން ކުންފުންޏަށް އެ ހުޅުވެނީ އާމްދަނީ ލިބޭނެ އިތުރު ދޮރެއް.” މުޖުތަބާ ވިދާޅުވިއެވެ.
އޭގެ އިތުރުން މުޖުތަބާ ވިދާޅުވީ އެކުންފުނިން މިހާރުވެސް އިމާރާތްތައް ތަޅާލުމުން، ގައުކުނޑިއާއި ކުނިބުނި އުކާލުމުގެ ޚިދުމަތް ދެމުންދާ ކަމަށެވެ. އަދި އަލަށް ފެށުމަށް ތައްޔާރުވަމުންދަނީ އިމާރާތްތައް ތަޅާލުމުގެ ޚިދުމަތް ކަމަށް މުޖުތަބާ ވަނީ ވިދާޅުވެފައެވެ.
ވެމްކޯއިން ޑިމޮލިޝިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން ދާއިރު 2017 ގައި އުފެއްދި އެކުންފުނިން މިހާރު ވަނީ ބޮޑެތި ރަށްރަށުގައި ކުނި އުކާލުމުގެ ޚިދުމަތްވެސް ފަށާފައެވެ.
އެގޮތުން މި ސަރުކާރުގައި ތިނަދޫ ސިޓީ އާއި ކުޅުއްދުއްފުށީ ސިޓީ އާއި މާލެއަތޮޅު މާފުއްޓާއި ހައްދުންމަތީ ގަމާއި އަދި ފޮނަދޫގައި ވެމްކޯގެ ހިދުމަތް ފަށާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
ވެމްކޯއިން މިހާރު ރިސޯޓުތަކުން ކުނި ނެގުމުގެ މަސައްކަތާއި ފޮޅާ ސާފު ކުރުމުގެ ޚިދުމަތްވެސްދެއެވެ.

ކިޔުންތެރިންގެ ހިޔާލު