ޕީއެސްއެމް
ޕީއެސްއެމް
މިދިޔަ އަންގާރަ ދުވަހު ޕަބްލިކް ސާވިސް މީޑިއާއިން ބްރޯޑްކާސްޓުކުރި އިނގިރޭސި ޚަބަރުގައި ބޭއަަދަބީ މަންޒަރެއް ދެއްކިގެން އެ ކުންފުނިން މައާފަށް އެދި އިހުމާލުވި ދެ މުވައްޒަފަކު ސަސްޕެންޑު ކޮށްފިއެވެ.

އެކަމާ ގުޅިގެން ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިނގިރޭސި ޚަބަރުގެ ސެގްމަންޓެއްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާ ކަމަށާއި، އެ ކަމަކީ ކުންފުނީގެ ކޮންޓެންޓް ޕޮލިސީއާ އެޑިޓޯރިއަލް ޕޮލިސީއާ ހިލާފު ސީރިއަށް މައްސަލައެއް ކަމަށެވެ.

“މައްސަލައިގައި ކަންހިނގާދިޔަ ގޮތް ބެލުމަށްފަހު، މި މައްސަލައިގައި އިހުމާލުވި ދެ މުވައްޒަފަކު ސަސްޕެންޑުކޮށް، އެ މުވައްޒަފުންގެ މައްސަލަ މިހާރު ވަނީ ކުންފުނީގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާ، އެ މައްސަލަ ބަލާ، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފޮނުވިފައި.” ޕީއެސްއެމްގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު ޕީއެސްއެމްގެ އެކިއެކި ޑިޕާޓްމެންޓްތަކުގައި މިހާރު އަމަލުކުރަމުންދާ އެސްއޯޕީތައް އިސްލާހުކޮށް، މި ފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް ކުންފުނީގެ އޮޮޕަރޭޝަނަލް ކަންކަން ތަރުތީބުކުރަމުން އަންނަ ކަމަށްވެސް ޕީއެސްއެމުން ހާމަކޮށްފައިވެއެވެ.

ބޭއަދަބީ މަންޒަރެއް ދެއްކިގެން ޕީއެސްއެމުން މާފަށް އެދިފައިވާއިރު ޕީއެސްއެމުން ލައިވްކޮށް ގެނެސްދިން އިވެންޓެއްގައި ޤުރުއާނުގެ ބައެއް އުނިވެފައިވާތީ ދާދިފަހުން އެކުންފުނިިން ވަނީ އެކަމަށް މާފަށްއެދި އެވަގުތު ކޮންޓްރޯލް ރޫމްގައި ތިބި މުވައްޒަފުން މަސައްކަތުން އެކަހެރި ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން