ޕީޕީއެމް އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.
ޕީޕީއެމްގެ ސެނެޓުގެ އަޣުލަބިއްޔަތުން އެ ޕާޓީ އުވާލަން ފާސްކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަންއިން މިއަދު ބުނީ ޕީޕީއެމްގެ ސެެނެޓުގެ އެ ނިންމުމާ ގުޅިގެން އެ ޕާޓީ އުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެހެންކަމުން، އެ ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމާއި، ޕާޓީ އުވާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ކުރެވޭ މުއާމަލާތްތައް ފިޔަވައި އިތުރު އެއްވެސް މުއާމަލާތެއް ކުރުމުގެ އިޚުތިޔާރު އެ ޕާޓީއަށް ލިބިގެން ނުވާކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވެއެވެ.
"އަދި ޕާޓީއާ ގުޅިގެން ނިންމަންޖެހޭ އެއްވެސް ކަމެއްވާނަމަ، އުވާލުމުގެ މަރުޙަލާ ނިމުމުގެ ކުރިން އެ ޕާޓީއާ ގުޅިގެން ކުރިއަށް ގެންދެވުން އެދެމެވެ." އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާންގައި ބުނެފައި ވެއެވެ.
ޕީޕީއެމަކީ ދިވެހިރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމާއި އެމަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެގެން އުފެއްދި ޕާޓީ އެވެ. ޕީޕީއެމް ރަޖިސްޓްރީކުރީ 27 އޮކްޓޯބަރު 2011 ގައެވެ.
ޕީޕީއެމުން ވަނީ 2013 ގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް އެ އިންތިޚާބު ކާމިޔާބު ކޮށްފައެވެ. 2013ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމެވެ.
ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސް މައުމޫނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް މައުމޫން ޕީޕީއެމުން ބޭރުކުރިއެވެ. އަދި ޕީޕީއެމް ރައީސް މައުމޫންގެ އަތްޕުޅުން އަތުލެއްވުމަށް ކޯޓަށް މައްސަލަ ހުށައެޅުއްވުމަށްފަހު ބެކަޕް ޕާޓީއެއްގެ ގޮތުގައި 31 ޖެނުއަރީ 2019 ގައި ޕީއެންސީ އުފެއްދެވިއެވެ.
އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިޔާލު ތަފާތުވެ ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އެހެން ޕާޓީއެއް އުފައްދަވައިފަ އެވެ.
އަދި އޭގެ ފަހުން ޕީޕީއެމްގެ ހަރަކާތްތަކެއް ވަރަށް މަދުން ނޫނީ ނުބާއްވާ އޮތުމަށް ފަހު ޕީޕީއެމް އުވާލަން ފަހުން ނިންމީ އެވެ.

ކިޔުންތެރިންގެ ހިޔާލު