މަތީސާނަވީ އިމްތިހާނުތަކުން އެއްވަނަ ދަރަޖައިގައި ފާސްވެފައިވާ ދަރިވަރުންނަށް ސަރުކާރުން ދެއްވާ ހައި އެޗީވާޒް ސްކޮލަރޝިޕް ލިބޭ ދަރިވަރުންގެ ކޯސް ބަދަލުކުރެވޭ ގޮތަށް އެ ސްކީމްގެ އުސޫލު ބަދަލުކޮށްފި އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ގެޒެޓް ކޮށްފައިވާ އުސޫލުގައި ސްކޮަރޝިޕަށް ހޮވޭ ދަރިވަރުން، އެދަރިވަރުން ކިޔަވާ ޕްރޮގްރާމް ބަދަލުކުރެވޭނެ ގޮތެއް ކަމަށް ކަނޑައަޅާފައި އޮންނަނީ ޕޭމަންޓް ދެއްކުމުގެ ކުރިންނެވެ.
އެހެން ނަމަވެސް އެކި ހާލަތްތަކާ ގުޅިގެން ޕްރޮގްރާމް ބަދަލުކުރަން މަތީތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރުންތަކެއް އެދިފައިވާތީ އުސޫލަށް ބަދަލު ގެންނަން ނިންމީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.
ނަމަވެސް އެއީ ވެސް ވަކި ޝަރުތުތަކަކާ ލައިގެން ކަމަށް މިނިސްޓްރީން ބުނެފައި ވެއެެވެ
ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި އާ އުސޫލުގައި ބުނީ ކޯސް ބަދަލުކުރަން ހުށަހެޅީ، ކިޔަވަންފެށި ޕްރޮގްރާމްގެ ފުރުތަމަ ސެމިސްޓަރ ނިމުމުގެ ކުރިން ކަމުގައި ވިޔަސް ޕްރޮގްރާމް ބަދަލުކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެ ހާލަތުގައި ބަދަލުވާ ޕްރޮގްރާމްގެ ޖުމްލަ ހަރަދުން ކުރީގެ ޕްރޮގްރާމަށް ކުރި ހަރަދު އުނިކުރެވޭ ގޮތަށް އެއްބަސްވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.
ހަމަ އެހެންމެ ޕްރޮގްރާމް ބަދަލުކުރެވޭނީ އެންމެ ފަހަރަކު ކަމަށާއި ދޫކޮއްލާ ޕްރޮގްރާމް ފުރިހަމަކުރުމަށް ހިނގާ ޚަރަދަށްވުރެ، އާ ޕްރޮގްރާމްގެ ޖުމްލަ ޚަރަދު ބޮޑުވެގެން ނުވާނެ ކަމަށް ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ހައި އެޗީވާސް ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން ދިވެހި އިސްލާމް ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ފާސް ހޯދައިފައިވާ ދަރިވަރުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު