އީއައިއޭ ނުހަދައި ރިސޯޓަކުން މަސައްކަތްތަކެއް ފެށުމުން ކުޑަކުޑަ އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިއަދު ބުނީ ޖޫރިމަނާކުރީ އޮޅުވެލި ބީޗު އެންޑް ސްޕާ ރިސޯޓު ހިންގާ އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.
އީޕީއޭއިން ބުނީ އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ފެށީ އީއައިއޭގެ މަރުހަލާތައް ނުނިންމާ ކަމަށެެވެ.
އަދި އެ މައްސަލައާ ގުޅިގެން ބަދަލުކުރެވުނު ލިޔެކިޔުންތަކުންނާއި އީޕީއޭއިން ބެލިބެލުންތަކުންވެސް ރިސޯޓު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްކޮށްފައިވަނީ އީޕީއޭގެ ގަވައިދާ ހިލާފަށް ކަން ސާބިތުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެހެންވެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން މި މަހުގެ 11ވަނަ ދުވަހު އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށާއި އަދި އެ ފަރާތުން އެ ޖޫރިމަނާ މި މަހުގެ 19 ވަނަ ދުވަހު ދައްކާފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެފައި ވެއެވެ.
އެމެރަލްޑްސް ކުޑަކުޑަ އަދަދަކުން ޖޫރިމަނާކުރި އިރު އެފަދަ މައްސަލަތަކުގައި މީގެ ކުރިން ބޮޑެތި ޖޫރިމަނާތަކެއްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު