މަރްޔަމް ނަހްދާ ވަޙީދު   13 ޖެނުއަރީ 2025 - 3:34
ކައިވެނި ރޫޅުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ވޭ- ގޫގުލް އިމޭޖެސް
ކައިވެނި ރޫޅުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ވޭ- ގޫގުލް އިމޭޖެސް
ކޮންމެ މީހަކުވެސް ކައިވެނި ކޮށް ދިރިއުޅުމެއް ފަށާނީ ވަރަށް ގިނަ އުންމީދުތަކަކާ އެކުގައެވެ. މުޅި އުމުރު އެކުގައި ހޭދަކުރުމުގެ ހުވަފެންތަކެއް ދެކެފައެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ދެމީހުންނަށް އެކުގައި އުޅެން ދަތިވެ، ކައިވެނި ރޫޅާލަން ޖެހޭ ފަހަރުވެސް އާދެއެވެ.

މިފަހަރު މި ހިމަނާލަނީ ކައިވެނި ރޫޅެން މެދުވެރިވާ ބައެއް ސަބަބުތަކެވެ.

ޒުވާބުކުރުން

ކޮންމެ ގުޅުމެއްގައިވެސް މައްސަލަތައް ޖެހޭނެއެވެ. ހަމަ އެފަދައިން ކައިވެނިކޮށްގެން އެކުގައި އުޅޭއިރު ހިތްހަމަ ނުޖެހޭ ކަންތައް ދިމާވެ އެކަމުގެ ސަބަބުން ދެބަސްވާ ވަގުތުވެސް އަންނާނެއެވެ. ނަމަވެސް މިގޮތަށް މާގިނައިން ދެބަސްވެ، ޒުވާބުކޮށް، އެ ޖެހޭ މައްސަލަތައް ހައްލު ނުކުރެވޭނަމަ އެކަމުގެ ސަަބަބުން ކަންތައް މާ ގޯސްވެ ދެމީހުން ވަކިވާން ޖެހޭ ފަހަރު ވަރަށް އާދެއެވެ.

ބޭވަފާތެރިވުން

މިއީ ކައިވެނީގެ ގުޅުން ރޫޅެން މެދުވެރިވާ އެންމެ މައިގަނޑު ސަބަބެވެ. ހަޔާތުގެ ބައިވެރިޔާއަށް އެއްވެސް ގޮތަކުން ބޭވަފާތެރި ވެއްޖެ ނަމަ ދެމީހުންގެ ދެމެދުގައި އޮންނަ އިތުބާރު ގެއްލި، އޭގެ ސަބަބުން މައްސަލަތައް ޖެހޭ ވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ދެމީހުންވެސް އެކަކު އަނެކެއްގެ މަތިން ފޫހިވެ، ކައިވެނި ރޫޅާލަން ޖެހެއެވެ.

މާ އަވަހަށް ކައިވެނި ކުރުން

ޅައުމުރުގައި ކައިވެނި ކުރުމަކީވެސް ކައިވެނި އަވަހަށް ރޫޅެން މެދުވެރިވާ ސަބަބެކެވެ. މިގޮތަށް ކައިވެންޏަށް ރަނގަޅަށް ތައްޔާރު ނުވެ، އެކަމާމެދު އެހާ ފުންކޮށް ވިސްނާނުލާ ކައިވެނި ކުރުމުން ދެމީހުންގެ ދިރިއުޅުމާއިގެން ކުރިއަށް ދާން އުނދަގޫވެއެވެ. އަދި ކައިވެންޏަށް ދުވަސްވާ ވަރަކަށް އެކަކު އަނެކެއްގެ ދިރިއުޅުމުގެ ލަނޑުދަނޑިތައް ތަފާތުވެ ދެމީހުން ދުރުވާން ފަށައެވެ. އަދި އޭގެ ސަބަބުން ދެމީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވެ ވަރިއާ ހަމައަށް ދެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން