ފަންސާސަ ފަސް ރަށެއްގެ ކައުންސިލް އިމާރާތް ކުރަން ހަވާލުކުރި މަސައްކަތަށް ފައިސާ ދޫކުރާނީ މަސައްކަތް ނިންމުމުންކަމަށް ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ކައުންސިލްގެ އާ އިމާރާތްތައް އަޅަން އިއްޔެ ހަވާލުކުރީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވަމާ ހެކްސްޓާ ގްލޯބަލްއާ އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގް އެ މަޝްރޫއުގައި 27 ކައުންސިލް އިދާރާއެއް ދެ ބުރިއަށް ވެސް އަޅާނެ އެވެ.
އެ މަޝްރޫއަ ގުޅޭ ގޮތުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
އަދި މަޝްރޫއަށް ފައިސާ ދޫކުރާނީ އިމާރާތްތައް ނިންމައި ފަރުނީޗަރުތައް ވެސް ހަަމަކޮށް އެތަން ހުޅުވާތާ ތިން މަސް ފަހުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު