ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހުޅުވާލާފައި ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބެޗްލާރސް އަދި މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތެވެ. މިއީ ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް، ދަށުން ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މާރސްޓާސް ޑިގްރީއަށް ފުރުސަތު ހުޅުވާލާފައިވަނީ،

ޕްރޮޓެކްޝަން / އެންޓޮމޮލޮޖީ / ޕްލާންޓް ޕެތޮލޮޖީ ދާއިރާއިން، 1 ފުރުސަތެވެ.

ބެޗްލާރސް ޑިގްރީ އަށް ފުރުސަތު ހުޅުވާލާފައިވަނީ

* އެގްރިކަލްޗަރަލް ސައިންސް އިން 1 ފުރުސަތު

* ވެޓެރިނަރީ/ ޒޫލޮޖީ/ އެނިމަލް ސައިންސް އިން 1 ފުރުސަތު

* އެގްރިކަލްޗަރ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) އިން 1 ފުރުސަތު

* ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗްލަރ އޮފް އިކޮނޮމިކްސް އިން 1 ފުރުސަތު

މި ސްކޮލަރޝިޕްތަކުގެ ތެރެއިން މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ފުރުސަތު ލިބޭނީ ކޯހުގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާނަމައެވެ.

ވުޒާރާއިން ބުނީ ބެޗްލަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނީ ޖީސީއީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި، ޖީސީއީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

* އަދި ސްކޮލަރޝިޕް ލިބިއްޖެ ނަމަ އެކޯސް ފުރިހަމަކުރުމަށްފަހު އެ ވުޒާރާއި ހިދްމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ.

* މި ކޯސްތަކަށް ކިޔެވުމަށް އެ ވުޒާރާގައި މަސައްކަތްކުރަމުންގެންދާ މުވައްޒަފުންނަށް އިސްކަންދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން