ހިރިޔާ ސްކޫލު ބެލެނިވެރިންގެ މެދުގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ކުޅެނިކޮށް ބެލެނިވެރިއަކު ކުއްލިއަކަށް ނިޔާވެއްޖެއެވެ.

ހިރިޔާ ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ފުޓުބޯޅަ މުބާރާތް ރޭ ކުރިއަށް ގެންދިޔައީ ހިރިޔާ ސްކޫލު ޓާފުގައެވެ. މިހާދިސާގައި ނިޔާވެފައިވަނީ ފިރިހެން ބެލެނިވެރިއެކެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ.

މިހާދިސާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ މެޗަށް ފަހު ދަނޑުމަތީގައި އޮށޯތް ބެލެނިވެރިއަކަށް ސިއްހީ މައްސަލައެއް ދިމާވިކަން ފާހަގަވެގެން އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ސްކޫލުން މިނިސްޓްރީއަށް މައުލޫމާތު ދީފައި ވާކަމަށެވެ. އަދި މި ބެލެނިވެރިޔާ ނިޔާވެފައި ވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ ނިޔާވި ބެލެނިވެރިޔާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން