އާބާދީ މަދު ރަށްތަކުުގެ މީހުން އެހެން ރަށްރަށަށް ބަދަލުވާން ބޭނުންވޭތޯ ބަލަން ސާވޭއެއް ހަދަން ނިންމައިފި އެވެ.
ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ފަސް އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ބައެއް ރަށްތަކުގެ މީހުން އެހެން ރަށްރަށަށް ބަދަލުވާން ބޭނުންވޭތޯ ބަލަން ސާވޭއެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ އުތުރުގެ ރަށެއްގެ މީހުން އެހެން ރަށަކަށް ބަދަލުވާން މިނިސްޓްރީން މަސައްކަތް ފަށައިދިނުމަށް ވެސް ރައީސް އެދިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްފައިވާ އަނެއް މަސައްކަތަކީ ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީން އިސްނަގައިގެން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުން." އާދަމް ޝަރީފް ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އާބާދީގައި މަދު މީސްކޮޅެއް ދިރިއުޅޭ މ. ރަތްމަންދޫ މީހުންވެސް އެހެން ރަށަކަށް ބަދަލުކޮށްދޭން އެދި ރައީސް މުއިއްޒަށް ވަނީ ދަންނަވައިފަ އެވެ.
މީގެ ކުރިން ވެސް އާބާދީ މަދު ރަށްރަށުގެ މީހުން އެހެން ރަށްރަަށަށް ބަދަލުކޮށްފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު