ރާއްޖެއައި ފަތުރުވެރިންތަކެއް
ރާއްޖެއައި ފަތުރުވެރިންތަކެއް
ދިވެހީންގެ ހިތްހެޔޮކަން ފެނި ރާއްޖެއައި އިޓަލީގެ ފަތުރުވެރިޔަކު އިސްލާމްވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އެ ފަތުރުވެރިޔާ ވަނީ ދިވެހީން އޭނާއާ މެދު ކަންތައްތައް ބެހެއްޓިގޮތާއި އޭގެ ސަބަބުން އިސްލާމްވާން މެދުވެރިވި ސަބަބު ހިއްސާކޮށްފަ އެވެ.

އެ ފަތުރުވެރިޔާ ބުނީ ލޯބިވެރިޔާއާއެކު ރާއްޖެ އައިސް ހުރީ ގެސްޓު ހައުސްއެއްގައި ކަމަށެވެެ.

އަދި ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ފޯނު ގެއްލުނު ކަމަށާއި އެއާއެކު އެ ފޯނު ދެން ފެންނާނެކަމުގެ އުއްމީދުވެސް ކަނޑާލި ކަމަށެވެ.

އެ ފޯނުގައި އެތައް ފޮޓޯތަކެއް ހިމެނޭ ހަނދާންތައް ރައްކާކުރެވިފައި ހުރިއިރު ފޯނު ގެއްލުމުން ހުރީ ވަރަށް ދެރަވެފައި ކަމަށް ވެސް ފަތުރުވެރިޔާ ބުންޏެވެ.

އެހެން ނަމަވެސް ދިވެހީންތަކެއް ވަނީ އެތައް ގަޑިއިރުތަކެއް ވަންދެން ފީނައި އެ ފޯނު ހޯދައިދީފަ އެވެ. އެ ފޯނު އޮތީ ވޯޓާ ޕްރޫފް ކަވަރަކަށްލާފައި ކަމަށްވާތީ ފޯނަށް ގެއްލުމެއް ނުވެ އެވެ.

"ދިވެހީން އެހާ ހިތް ހެވީ މުސްލިމުންނަށްވީމަތަ؟ އެހެންވެއްޖިއްޔާ މުސްލިމަކަށް ވާން ބޭނުން. ކޮންތާކަށް ދާާން ޖެހެނީ މުސްލިމަކަަށް ވާން ބޭނުމިއްޔާ." ފަތުރުވެރިޔާ ބުނެފައި ވެއެވެ.

އެ ޕޯސްޓު ކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ ވަނީ އިސްލާމްވިކަން ހާމަކޮށްފަ އެވެ.

ފަތުރުވެރިޔާ މިހާރު ވަނީ ރާއްޖޭގައި އަދި އިިތުރަށް ކުޑަ ދުވަސްކޮޅަކު މަޑުކުރަން ވެސް ނިންމައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން