ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު (މ)
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު (މ)
ހދ. ހިރިމަރަދޫ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމުގެ މަގުޗާޓް އެކުލަވާލުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

އެކަމުގެ އިތުރު ތަފްސީލް ދެއްވަމުން ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެފައިވަނީ ހދ. ހިރިމަރަދޫ ރައްޔިތުންގެ އެދުމާ އެއްގޮތަށް، އެރަށު ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެގޮތުގެ މަޝްވަރާތައް މިއަދު ފަށާފައިވާ ކަމަށެވެ.

“މަސައްކަތް ކުރާނެގޮތުގެ މަގުޗާޓް އެކުލަވާލައި، ޢަމަލީ މަސައްކަތް ލަސްތަކެެއް ނުވެ ފަށާނަން.” އާދަމް ޝަރީފް ވިދާޅުވިއެވެ.



އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު އާބާދީމަދު ބައެއް ރަށްތަކުގެ މީހުން އެހެން ރަށްރަށަށް ބަދަލުވާން ބޭނުންވޭތޯ ބަލަން ސާވޭއެއް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ދާދިފަހުން ބޭއްވި ރަސްމިއްޔާތެއްގައިވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހިރިމަރަދޫ ކައުންސިލުން މީގެ ކުރިން ވަނީ އެރަށުގެ އާބާދީ މަދުވުމުގެ ސަބަބުން އަސާސީ ޚިދުމަތްތައް ލިބުމުގައި ދަތިވާތީ އެރަށުގެ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެދިފަ އެވެ. އަދި އެކަމަށް ތުލުސްދޫ ކައުންސިލުން އޭރުވަނީ މަރުޙަބާވެސް ކިޔާފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން