ޒުވާނުން ދަނޑުވެރިކަމަށް ނުނުކުންނަ ސަބަބުތައް ދެނެގަންނަން ޖެހޭކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އިންތިޒާމްކޮށްގެން މިއަދު ފެށި "ކްލައިމެޓް ރިޒިލިއަންޓް އެގްރިކަލްޗަ ފޯ ފުޑް ސެކިއުރިޓީ" ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ.
އެގޮތުން ދަނޑުވެރިކަމަށް ކަމުދާ ކަހަލަ ބިންތައް ރާއްޖޭގައި މަދުކަމުން އެހެން ގައުމުތަކުގައި ދަނޑުވެރިކަންކުރާ ގޮތަށް ދަނޑުވެރިކަން ކުރަން އުނދަގޫ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އަދި އޭގެ އިތުުރުން ރާއްޖޭގެ ރަށްތައް އޮންނަ ގޮތަށް ތަކެތި ސަޕްލައިކުރުުމުގައި ވެސް ގޮންޖެހުންތައް ބޮޑު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ ދަނޑުވެރިންގެ ގޮތުގައި 7000 މީހުން ރަޖިސްޓްރީވެފައިވާ އިރު އެކަމުގައި އުޅޭ ޒުވާނުންގެ ނިސްބަތަކީ އެންމެ 6.9 ޕަސެންޓް ކަމަށެވެ.
"ޒުވާނުން ޝައުގުވެރިވާކަހަލަ ދާއިރާއަކަށް ދަނޑުވެރިކަން ހެދުމުގައި ދިމާވާ ގޮންޖެހުންތަކަކީ އެންމެ ބޮޑަށް އަޅުގަނޑުމެން އިސްކަންދީ ބަލަން ޖެޙޭ އެއް ކަންތައް." މިނިސްޓަރު ވިދާޅުވި އެވެ.
އަދި އެ ގޮންޖެހުންތަކާއެކު ވެސް ދެމެހެއްޓެނިވި ގޮތަކަށް ދަނޑުވެރިކަން ކުރިއަރުވައި ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޓްރެޓެޖިކް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެެވެ.

ކިޔުންތެރިންގެ ހިޔާލު