މިދިޔަ އަހަރު ޢުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ 5 ލައްކަ ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލާގައި މަޝްޢަރް ގްރޫޕްގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ޓެކުމުގެ ހަ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާއެއް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އުފުލައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މަޝްއަރު ޓުއާސް ގްރޫޕްގެ ވެރިޔާ ޢަލީ ފާރިޝްގެ މައްޗަށް ޓެކުމުގެ ދައުވާތައް ކޮށްފައިވަނީ އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މަޝްއަރު ގްރޫޕަށް ރާއްޖޭން އުމުރާއަށް މީހުން ގެންގޮސްދިނުމުގެ ހުއްދަ މިދިޔަ އަހަރު ލިބިފައި ނުވަނީސް އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ އެކިމީހުންގެ އަތުން ފައިސާ ނަގާ އެ މީހުން އުމުރާއަށް ގެންގޮސްދީފައި ނުވާތީއާ އެ ފައިސާ އަނބުރާ ރައްދުކޮށްދީފައި ނުވާތީ ކަމަށެވެ.
އޭގެތެރޭގައި ގްރޫޕެއްގެ ގޮތުގައި އުމްރާއަށް ދާން ބޮޑެތި އަދަދުން ފައިސާ ދެއްކި މީހުންވެސް ހިމެނޭކަމަށް ޕީޖީން ބުނެއެވެ. އެގޮތުން ޕީޖީން ޓެކުމުގެ ދައުވާތައް އުފުލާފައިވަނީ ފައިސާ ދެއްކި މީހުންގެ މައްސަލަތައް ވަކިވަކިންނެވެ.
ހަމައެއާއެކު ޢަލީ ފާރިޝްގެ މައްޗަށް މަނީ ލޯންޑަރިން ދައުވާކުރީ އުމުރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ޓެކުމަކުން މީހުންގެ އަތުން ފައިސާ ނިގުޅައިގަތުމަށް ފަހު އޭނާގެ އަމިއްލަ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓަން މޯލްޑިވްސްގެ އެކައުންޓަށް ޖަމާކޮށްފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނީ އަލީ ފާރިޝް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072 ރުފިޔާ އާއި 8،100 އެމެރިކާ ޑޮލަރު (124,740 ރުފިޔާ) ކަމަށެވެ. އަދި މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އަލީ ފާރިޝް އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރީލްމަހު އިސްލާމިކް މިނިސްޓްރީންނެވެ.
އެމައްސަލާގައި ފުލުހުން ބުނީ އަލްމަޝްއަރް ޕްރައިވެޓް ލިމިޓެޑުން މިދިޔަ އަހަރު 27 މީހަކު ޢުމްރާއަށް ގެންދާނެ ކަމަށްބުނެ އެމީހުންގެ އަތުން 500000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ނަގައި މަކަރާއި ހީލަތް ހަދައި އެފައިސާއަށް ޚިޔާނާތްތެރި ވެފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އަލްމަޝްއަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕު 30،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ގުރޫޕުން އެހެން ފަރާތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި އޮތުމަކީ އުމްރާވެރިންގެ އަތުން ނެގި ފައިސާއަށް ހިޔާނާތްތެރިވުން ކަމަށްވާތީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު