ކިތައްމެ ބާރުގަދަ ވިޔަސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ކަންތައް ކުރެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޣައްޒާގެ ރައްޔިތުން ހުސްކޮށް، ޣައްޒާއަކީ އެމެރިކާގެ ބާރު ހިންގާ ތަނަކަށް ހަދާނެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕު ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވީ، ޣައްޒާގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކޮށް، ޣައްޒާ އަތުލައިގަނެ އެތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެ ކަމަށް ޓްރަމް ވިދާޅުވި ކަމަށެވެ.
ނަމަވެސް ކިތައްމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އެފަދަ ކަމެއް ކުރެވިގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް މިފަދަކަމެއް ކުރެވިގެނެއް ނުވާނެ." ރައީސް މައުމޫނު އެކްސް ގައި ވިދާޅުވިމެފައި ވެއެވެ.
ޓްރަމްޕްގެ މިވާހަކަތައް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ހާއްސަކޮށް އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއްކަން ފާހަގަކޮށްފައެވެ.

ޓްރަމްޕް ވިދާޅުވަނީ އެމެރިކާއިން ޣައްޒާ އަތުލައި އެތާނގައި ރީތި ހިތްގައިމު ރިވިއެރާ އެއް ހަދާނެކަމަށް. އަދިޣައްޒާގައި މިހާރުދިރިއުޅޭމީހުންއެހެންތާކަށް ބަދަލުކުރާނެކަމަށް. ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީޤާނޫނާ ޚިލާފަށްމިފަދަކަމެއް ކުރެވިގެނެއްނުވާނެ
— Maumoon Abdul Gayoom (@maumoonagayoom) February 5, 2025
"ކިތަންމެ ބާރުގަދަ މީހަކަށްވެސް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް މިފަދަކަމެއް ކުރެވިގެނެއް ނުވާނެ." ރައީސް މައުމޫނު އެކްސް ގައި ވިދާޅުވިމެފައި ވެއެވެ.
ޓްރަމްޕްގެ މިވާހަކަތައް ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ހާއްސަކޮށް އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއްކަން ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު