ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ފަލަސްޠީނުގެ ރައްޔިތުންނަށް ތަހުނިޔާގެ ރަސްމީ މެސެޖެއް ފޮނުއްވައިފިއެވެ.
ފަލަސްޠީނުގެ ނިއުސް އެޖެންސީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މެސެޖު އިނގިރޭސިވިލާތުގައި ހުންނަވާ ފަލަސްޠީނުގެ ސަފީރު ހުސާމް ޒޮމްލޮޓްއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ބުރާސްފަތި ދުވަހު ހުޅަނގު ލަންޑަނުގައި ހުންނަ ފަލަސްޠީނު އެމްބަސީގައި ބޭއްވި ބައްދަލުވުމެއްގައި، އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ދަ މިޑްލް އީސްޓް ސްޓީފަން ޑައުޓީއެވެ.
މިއީ 5.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ފަލަސްޠީނުގެ މިނިވަންކަމުގެ މުނާސަބަތުގައި އިނގިރޭސި ޝާހީ ޢާއިލާގެ ރަސްކަލަކު ފަލަސްޠީނުގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި ފުރަތަމަ މެސެޖެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ ފަލަސްތީނުގެ ސަފީރު ހުސާމް ޒޮމްލޮޓަށް ފޮނުއްވި ރަސްމީ މެސެޖު، މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ މިޑްލް އީސްޓް ސްޓީވަން ޑައުޓީ ސަފީރާ ހަވާލުކުރައްވަނީ.
މި ތާރީޚީ މެސެޖު ފޮނުއްވާފައި މިވަނީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސި ސަރުކާރުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ، އަދި ޣައިރުޤާނޫނީ ގޮތުން ވަޒަންވެރިވާ އިސްރާއީލުގެ ޖަމާޢަތްތަކާއި އެކްޓިވިސްޓުންނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އާބާދީތައް ފުޅާކުރުމުގައި ބައިވެރިވާ އަށް ކުންފުންޏަކަށާއި، ޣައްޒާއަށް ފޮނުވާ އިންސާނީ އެހީތަކަށް ހުރަސްއެޅި އިސްރާއީލުގެ 'ޒަވް 9' ޖަމާޢަތާ ދެކޮޅަށް އިނގިރޭސިވިލާތުން މި ހަފްތާގައި އެޅި ފިޔަވަޅުތަކަށް ސަފީރު ޒޮމްލޮޓް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
ބުރާސްފަތި ދުވަހު ރަސްމީކޮށް މެސެޖު ހަވާލުކުރުމުގެ ކުރިން، މި މަހުގެ 15 ވަނަ ދުވަހު ރަސްގެފާނު ޗާލްސް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ފޮނުއްވި މި މެސެޖުގެ ޚަބަރު ވަނީ އާންމުވެފައެވެ.
މި މެސެޖުގައި އިނގިރޭސި ރަސްގެފާނު ވަނީ ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ދަތިތަކާއި ވޭންތަކަށް އިޝާރާތްކުރައްވައި، އެ ސަރަޙައްދަށް އިންޞާފުވެރި އަދި ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުވުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ރަސްގެފާނު ޗާލްސް ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު، އޭރު ވަލީޢަހުދުގެ މަޤާމުގައި ހުންނަވައިގެން އިސްރާއީލަށާއި ހުޅަނގު އައްސޭރިއަށް ދަތުރުފުޅެއް ކުރައްވާފައެވެ.
އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއާއި އިސްރާއީލުގެ އޭރުގެ ރައީސް ރޫވެން ރިވްލިންއާ ބައްދަލުކުރައްވައި، ބައިތުލަޙްމުގައި ހުންނަ ޗާޗް އޮފް ދަ ނޭޓިވިޓީއަށާއި ޢުމަރު ބިން އަލްޚައްޠާބު މިސްކިތަށް ޒިޔާރަތްކުރައްވާފައެވެ.
ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެއްދިކަން ރަސްމީކޮށް އިޢުލާންކުރެއްވީ، ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) ގެ ކުރީގެ ވެރިޔާ ޔާސިރު ޢަރަފާތު، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އަލްޖީރިއާގައި އަރުވާލެވިގެން ހުންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު