ދިވެހި މުޖުތަމައު އޯޓިޒަމަށް އިތުރަށް ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ތަފާތުކަމެއް ހުރެއްޖެނަމަ އެ ތަފާތުތަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭކަމަށެވެ.
އަދި އޯޓިޒަމް ކުދިންގެ ސިކުނޑި މަސައްކަތްކުރާގޮތް ތަފާތުވުމުގެ ސަބަބުން އުފެދޭ، ތަފާތު ވިސްނުމާ އުޅުން ބަދަލުކުރަންޖެހޭކަމަށް، އާންމު މުޖުތަމައު ދެކޭ ދެކުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އެކަމަނާ ވިދާޅުވި އެވެ.
އެހެންކަމުން އެފަދަ ކުށްހީތަށް ފިލުވައިލެވޭތޯ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
ސާޖިދާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އޯޓިޒަމްގެ އެކި މައްސަލަތަކާ އެކުވެސް އެތައް ބަޔަކު ވަނީ ދިރިއުޅުން ކާމިޔާބުކޮށްފަ އެވެ. އެހެންވެ އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ގާބިލުކަމެއް ދެނެގަނެ، އަދި އެ ރޮނގުން އޭނާއަށް ވީހާ ވެސް ގިނަ ފުރުސަތުތަކެއް މަގުފަހިކޮށްދެއްވުމަށް ވެސް އެކަމަނާ ބާރު އެޅުއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ސާޖިދާ ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ވެސް ހަވާލުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު