އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ- ގޫގުލް އިމޭޖެސް
އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ- ގޫގުލް އިމޭޖެސް
އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު ވެރިކަމާ ހަވާލުވެވަޑައިގެންތާ މާ ގިނަ ދުވަހެއް ނުވެ މިވަނީ އެގައުމުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ އެތައް ބަޔަކު ޑީޕޯޓު ކުރަން ފަށާފައެވެ.

އެގޮތުން ބަލާއިރު އެގައުމުގައި ދިރިއުޅެމުންދިޔަ 140 އަށްވުރެ ގިނަ އިންޑިއާ ރައްޔިތުން މިހާރުވެސް ވަނީ ޑީޕޯޓު ކޮށް، އަނބުރާ އިންޑިއާއަށް ފޮނުވާލާފައެވެ. ނަމަވެސް އެމީހުން އިންޑިއާއަށް ގެންގޮސްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށް ރިޕޯޓުތަކުން އެނގެއެެވެ.

މިދިޔަ ބުދަދުވަހު އިންޑިއާގެ ނޫސްތަކުގައި ޝާއިޢުކުރި ފޮޓޯތަކުން ފްންނަނީ އިންޑިއާއަށް ނިސްބަތްވާ 100 އަށްވުރެ ގިނަ މީހުން، އަތާއި ފައިގައި ޗެއިނު އަޅުވައި އިންޑިއާއަށް އަނބުރައި ގެންދިޔަ ތަނެވެ. މިއީ 40 ގަޑިއިރުގެ ދިގު ރާސްތާއަކަށް ވީއިރު އެމީހުންގެ އަތާއި ފައިގައި އަޅުވާފައިވާ ޗެއިނުތައް ނައްޓާފައިވަނީ އެމީހުން އިންޑިއާއަށް ގެންދެވުމުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މި ފޮޓޯތައް ފެތުރުމާއެކު އިންޑިއާގެ ރައްޔިތުން ވަނީ ރުޅިގަދަ ވެފައެވެ. އަދި ޑިޕޯޓް ކުރި މީހުން ފޭބިތާ ގަޑިއެއްހާއިރު ފަހުން ބުރާސްފަތި ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖިލިސް (ޕާލިމެންޓު) ބޭރުގައި ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީ ހިމެނޭ ގޮތަށް އިދިކޮޅު ލީޑަރުން ވަނީ އަތުގައި ޗޭނު އަޅުވައިގެން މުޒާހަރާއެއް ކޮށްފައެވެ.

އިދިކޮޅު ޕާޓީތަކުން މިގޮތަށް މުޒާހަރާކޮށް އަޑުއުފުލުމުން، އިންޑިއާގެ ރައްޔިތުން ޑީޕޯޓް ކުރާއިރު އިންސާނިއްޔަތާ ޚިލާފު އަމަލު ނުކުރުމަށް އެދި ޓްރަމްޕްގެ ވެރިކަމާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާސް އެސް ޖައިޝަންކަރު ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

ޖެއިޝަންކަރު ވިދާޅުވީ މިއީ 2012 އިންފެށިގެން އެމެރިކާއިން އެގައުމުގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ މީހުންނާ މެދު ކަންތައް ކުރަމުން އައިސްފައިވާ ގޮތް ކަމަށާއި، އެކަމަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންގެ އަތުގައި އާއި ފައިގައި ޗޭނު ނާޅުވާ ކަމަށާއި، އެމީހުން ގެންނަނީ ބޭނުންވާ ކަންތައް (ކާނާ، ފެން، ފާހާނާކުރުން) ފުރިހަމަކޮށްދީގެން ކަމަށަވެސް އެމެރިކާ ސަރުކާރުން ބުނެފައިވާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ނަމަވެސް އެމެރިކާއިން ޑިޕޯޓު ކުރި އަންހެނުންގެ ތެރެއިން އެކަކުގެ އާއިލާއިން ވަނީ މިކަންތައް ދޮގުކޮށް މީޑިއާތަކަށް އިންޓަވިއު ދީފައެވެ. އެގޮތުން 35 އަހަރުގެ ކުޝްބޫ ޕަޓޭލް ޑީޕޯޓު ކުރީ އަތާއި ފައިގައި ޗެއިނު އަޅުވައިގެން ކަމަށާއި، އޭނާ އަދި އޭނާއާއެކު ގެނައި އެންމެންވެސް އިންޑިއާއަށް އަނބުރާ ގެނެސްފައިވަނީ ކުއްވެރިންގެ ސިފައިގައި ކަމަށް މީޑިއާތަކަށް މައުލޫމާތު ދެމުން އެ އާއިލާއިން ބުނެފައި ވެއެވެ. އަދި އިންޑިއާ ރައްޔިތުންނަށް މިހެން ވާން ޖެހުނީ މޯދީގެ ސަރުކާރު ފެއިލް ވުމުން ކަމަށްވެސް ބުނެފައި ވެއެވެ.

މިގޮތައް ޓްރަމްޕުގެ ސަރުކާރުން އެތައް ބަޔަކު ޑީޕޯޓު ކުރަމުންދާއިރު، އެތައް ބައެއްގެ އުންމީދުތައް ވަނީ ވެއްޔާއި މޮޑެވިފައެވެ. އަދި އެތައް ބަޔަކު ވަނީ ބޮޑު ތަނުން ދަރަނިވެރި ވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިމަހު އެމެރިކާއަށް ޒިޔާރަތް ކުރަން ހަމަޖެހިފައިވާއިރު، އޭގެ ދުވަސްތަކެއް ކުރިން އެމެރިކާ ސަރުކާރުން އިންޑިއާ ރައްޔިތުންނާމެދު ކަންތައް ކުރަމުން މިދާ ގޮތް ފެނި، އެތައް ބަޔަކު ވަނީ ޓްރަމްޕު އާއި މޯދީއާ ދެމެދު އޮތް ގުޅުމާމެދު ސުވާލު އުފައްދާފައެވެ.

މޯދީ އެމެރިކާއަށް ދަތުރު ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 13 ގައެވެ. މި ދަތުރުގައި މޯދީ އާއި ޓްރަމްޕް ވާހަކަދައްކަވާނެ ކަމަށް ބެލެވޭ މައުޟޫތަކުގެ ތެރޭގައި ވިޔަފާރި، ސަލާމަތީ ކަންކަން، އަދި ޤައވާއިދާ ޚިލާފަށް އުޅޭ މީހުންގެ މައްސަލަ ހިމެނެއެވެ. އަދި އިންޑިއާގެ ސަރުކާރުން އުންމީދު ކުރަނީ މި ބައްދަލުވުމުގައި އެމެރިކާގެ ޑީޕޯޓޭޝަން ޕޮލިސީގައި ކަންތައް ކުރަމުންދާ އިންސާނިއްޔަތާ ޚިލާފު ގޮތްތަކާ މެދު ވާހަކަ ދައްކައި އެކަންތަކަށް ބަދަލު ގެނައުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

މި މައްސަލައިގެ ސަބަބުން ދެ ޤައުމުގެ މެދުގައިވާ ގުޅުމަށް އަސަރުކުރާނެކަމަށް ބައެއް ތަޙްލީލުވެރިން ބުނެއެވެ. އެހެންނަމަވެސް، ގިނަ ބަޔަކު ދެކޭގޮތުގައި މި މައްސަލަ އަވަހަށް ހައްލުކުރެވި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން