ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް
ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް
ދިވެހި ހުނަރުވެރިންނަށް އެމީހުންގެ ޤާބިލުކަން ދެއްކޭނެ ފުރުޞަތުތައް ފަހިކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފަތުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް އިން ބާއްވާ 5 ވަނަ ނެޝަނަލް އެޗްއާރް ކޮންވެންޝަން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤް މިއަދު ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި އެމީހެއްގެ ޤާބިލުކަން ދައްކުވައިދިނުމުގެ ފުރުޞަތު ފަހިކޮށް ދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެގޮތުން ވަޒީރު ވަނީ ފަތުރުވެރިކަމުގެ ދާއިރާ މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، މި ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާކަން ފާހަގަ ކުރަށްވައި އެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަށްވާފައެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގައި ހުނަރުވެރިން ތަރައްޤީކޮށް، އެ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކުރެވިފައިވާ ސިޔާސަތުތަކެއް މި ސަރުކާރުން އެކުލަވާލައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“އެއްވެސް މީހަކު އަޅުގަނޑުމެންގެ ތެރެއިން އެކަހެރިވެގެން ނުދާނެކަން ކަށަވަރުކުރަން ޖެހޭ. ކޮންމެ މީހަކަށްވެސް މަސައްކަތުގެ މާޙައުލުގައި އެމީހެއްގެ ޤާބިލުކަން ދައްކުވައިދިނުމުގެ ފުރުޞަތު ލިބެންވާނެ.” މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވެފައިވެއެވެ.



ވަޒީރު މިހެން ވިދާޅުވެފައިވާއިރު މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް އިންތިޒާމްކޮށްގެން ބާއްވާ 2 ދުވަހުގެ މި ކޮންވެންޝަނަކީ އެޗްއާރް ޕްރޮފެޝަލުންނާއި އެދާއިރާ އާއި ގުޅުންހުރި ފަރާތްތަކުން ބާއްވާ އެންމެ ބޮޑު އެއް އިވެންޓެވެ.

މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން