ރާއްޖޭގައި ތެލެސީމިއާ ކުދިންގެ ނިސްބަތް މަދު ކުރުމަށްޓަކައި "ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލު ސްޓްރެޓިޖިކް އެކްޝަން ޕްލޭން" ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސިއްހަތާ ބެހޭ ވަޒީރުގެ ނާއިބު މުހައްމަދު ފިޒްނީ ވިދާޅުވީ، ރާއްޖޭގައި ތެލެސީމިއާ ހުންނަ ކުދިންގެ އަދަދު އިތުރުވަމުންދާތީ އެކުދިންނަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން ތަންފީޒު ކުރަން ހަމަޖެހިފައިވާ އެކްޝަން ޕްލޭންގެ ދަށުން އާންމުން ހޭލުންތެރިކުރުމަށާއި، ފަރުވާގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ފިޒްނީ ވިދާޅުވިއެވެ.
މި ޕްލޭންގެ ދަށުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލު ކުރެވިގެންދާނެއެވެ. އަދި އެ ކުދިންނަށް ބޭނުންވާ ލޭ، އަތޮޅުތަކުގެ އެކި ސަރަހައްދުތަކުން ހަމަޖެއްސުމާއި، އެފަދަ ކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓު ހެދޭނެ އިންތިޒާމްވެސް މި ޕްލޭންގެ ދަށުން ހަމަޖެއްސުމުގެ މަސައްކަތް ކުރެވޭނެއެވެ.
އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ފުލް ފްލެޖްޑް ބްލަޑް ބޭންކު ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާއިރު، މީގެ ތެރެއިން 3 ބްލަޑް ބޭންކުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެކަމަށް ފިޒްނީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރާ ފުލް ފްލެޖު ބްލަޑް ބޭންކު ހިމެނެއެވެ.
މި ބްލަޑް ބޭންކުތައް ގާއިމް ކުރެވުމުން ރަށްރަށުން ތެލެސީމިއާ ކުދިންނާއި އެނޫން ފަރާތްތަކަށްވެސް ބޭނުންވާ ލޭ ލިބޭނެ އިންތިޒާމު ކަށަވަރުވެގެން ދާނެ ކަމަށް ފިޒްނީ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ކުރިން އެކި ރަށްތަކުގައި ގާއިމް ކުރެވިފައިވާ ބްލަޑް ބޭންކުތައް އަޕްގްރޭޑު ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު ސަރުކާރުން ވަނީ އައްޑޫ ސީޓީ އާއި ކުޅުދުއްފުށި ސިޓީގައި ގާއިމްކޮށްފައިވާ ބްލަޑް ބޭންކުތަކުގެ ޚިދުމަތް ފުޅާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު