އަހުޒަމް އަޙްމަދު   10 ފެބްރުއަރީ 2025 - 11:39
މިނިސްޓަރު ތޯރިގު އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
މިނިސްޓަރު ތޯރިގު އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
އެންވަޔަރަމަންޓް އަދި ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރި ތޯރިގު އިބްރާހިމްއަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ތޯރިގަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ ކުރިން ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ހިންގަމުން އައި އެންވަޔަރަމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރުގެ މަގާމަށް ތޯރިގު އައްޔަނުކުރުމުން ނެވެ.

އެ ބަދަލު ސަރުކާރުން ގެނައީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އޭގެ ކުރިން ތޯރިގު ހުންނެވީ އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ތޯޯރިގަށް ރުހުން ދިނުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ. އަދި އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލީ ކުރިން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައިސަލް އިބްރާހިމް މަގާމުންވަކި ކުރުމަށް ފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން