ކުނި މެނޭޖުކުރުމުގެ ގާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތިން ގަވާއިދެއް އާންމުކޮށް އަމަލުކުރަން ފަށާނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިހާރު ކުރިއަށްދަނީ ކުނި މެނޭޖުކުރުމުގެ އާންމު ގަވާއިދާއި، ޚިދުމަތް ދިނުމުގެ ގަވާއިދުގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ގުޅޭ ގަވާއިދު އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މި ގަވާއިދުތަކަށް ބޭނުންވާ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާ އާއި ގާނޫނީ މަރުހަލާތައް މިހާރު ނިމިފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އުފައްދާ ތަކެތީގެ ޒިންމާ އެ ތަކެތި އުފައްދާ ފަރާތްތަކުން އުފުލަންޖެހޭ ގޮތަށް "އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ" އިސްލާހެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންނެވެ.
ވަޒީރު ވިދާޅުވީ ގޮނޑުދޮށްތަކަށާއި އާންމު ތަންތަނަށް ކުނި އެޅުން ހުއްޓުވުމަށްޓަކައި ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށާއި، ނަމަވެސް މައިގަނޑު މަގުސަދަކީ ހަމައެކަނި އަދަބު ދިނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އަމާޒަކީ އާންމު ސާފުތާހިރުކަމާއި އިގްތިސާދާ ގުޅިފައިވާ މި މުހިންމު ކަމުގައި ރައްޔިތުން ޒިންމާދާރުކުރުވުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮންމެ މީހަކީވެސް ތިމާ އުފައްދާ ކުންޏާމެދު ޒިންމާވާނެ މީހަކަށް ވާންޖެހޭނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުނި މެނޭޖުކުރުމުގެ އުސޫލުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މި އާ ގަވާއިދުތަކާއެކު ކުނި މެނޭޖުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު